Amna Thazkiyah Mirsaad
އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރްޞާދު އާކޮށްފިއެވެ. ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ 01:02.74 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، 2025 ވަނަ އަހަރު ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި 01:03.67 އިން ރޭސް ނިންމައިގެންނެވެ.
our sponsors and partners