ފަންސާސް މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި

looth

ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ލޫޠު މުޙައްމަދު ޙުސައިން އަނެއްކާވެސް އާކޮށްފިއެވެ. ލޫޠު މި ރެކޯޑު އާކޮށްފައިވަނީ މިހާރު ސްކޮޓްލަންޑްގެ ގްލާސްލޯގައި ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި 00:31.54 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ލޫޠެވެ. އެއީ 2025 ވަނަ އަހަރު ރޮމޭނިއާ ގައި ކުރިޔަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކަސް ޖޫނިއަރ ސްވިމިންގް ޗެމްޕިއަންޝިޕްސް ގައި 00:31.81 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި