ހަތަރެއް ގުނަ ސަތޭކަ މީޓަރ މެޑްލޭ މިކްސްޑް ރިލޭގެ ޤައުމީ ރެކޯޑު އާކޮށްފި

team maldives

ލޯންގކޯސް ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. ސްކޮޓްލަންޑްގެ ގްލާސްގޯގައި މިހާރު ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި ދިވެހި ޓީމު މިރެކޯރޑް އާކޮށްފައިވަނީ 04:31.16 އިން ރޭސް ނިންމައިގެންނެވެ. މިރޭހުގައި ވާދަކުރި ދިވެހި ޓީމުގައި ހިމެނެނީ، އަމްނާ ތަޒްކިޔާ މިރުޞާދު, ލޫޠު މުޙައްމަދު ހުސައިން, މުޙައްމަދު ރިޙާން ޝިހާމް އަދި މިރާލް ޢައިން ލަތީފް އެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ސިންގަޕޫރުގައި ކުރިޔަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 04:40.23 އިން ރޭސް ނިންމައިގެންނެވެ. އެފަހަރުގެ ދިވެހި ޓީމުގައި ހިމެނުނީ، އަމްނާ ތަޒްކިޔާ މިރުޞާދު, މުޙައްމަދު އާން ޙުސައިން, މުޙައްމަދު ރިޙާން ޝިހާމް އަދި މިރާލް ޢައިން ލަތީފް އެވެ.


our sponsors and partners

ހަތަރެއް ގުނަ ސަތޭކަ މީޓަރ މެޑްލޭ މިކްސްޑް ރިލޭގެ ޤައުމީ ރެކޯޑު އާކޮށްފި