Amna Thazkiyah Mirsaad
އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ސްކޮޓްލަންޑްގެ ގްލާސްގޯގައި މިހާރު ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި ތަޒްކިޔާ މިރެކޯރޑް އާކޮށްފައިވަނީ ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މިޑްލޭ ރިލޭ އިވެންޓުގެ ފުރަތަމަ 100 މީޓަރު 01:11.26 އިން ނިންމައިގެންނެވެ.
މިއިވެންޓުގެ ޤަައުމީ ރެކޯޑު އެންމެފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާއެވެ. އެއީ 2025 ވަނަ އަހަރު ސިންގަޕޫރުގައި ކުރިޔަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 01:13.49 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
our sponsors and partners