Swimming Association of MAldives
މޯލްޑިވްސް އަކުއަޓިކްސް އިން އިންތިޒާމް ކޮށް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ބޭއްވި އަތޮޅު ދިގުފެތުން، އައްޑޫ ޒޯން 2026 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. 14 އޮގަސްޓް 2026 ވީ ހުކުރު ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި މި މުބާރާތުގައި 3 ކިލޯމީޓަރާއި، 1 ކިލޯމީޓަރު އަދި 500 މީޓަރުގެ އިވެންޓުތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މި މުބާރާތުގެ 3 ކިލޯމީޓރު ރޭހުގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކީ އިބްރާހިމް ޔުއާން ޝަމީމެވެ. އަދި އެންމެ މޮޅު އަންހެން ފެތުން ތެރިޔަކީ އައިމިނަތު ޒީވާ އާމިރެވެ. ދެވަނަޔަށް އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވިފައިވަނީ ޔޫސްފް ޒިޔާން ޒާހިދެވެ. ދެވަނަޔަށް އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ހޮވިފައިވަނީ ފާތިމަތު ލައިލީ ބިންތި ހުސައިން އެވެ. ތިންވަނައަށް އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވިފައިވަނީ މުހައްމަދު އައިހަމް އަބްދުއް ޝަކޫރެވެ.
1 ކިލޯމީޓަރު ރޭހުގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް އައިކް ބިން ފައިސަލް ހޮވިފައިވާއިރއެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ހޮވިފައިވަނީ އައިޝަތު މިޝްކާ ތަސްލީމެވެ. މި އިވެންޓުގެ ދެވަނައަށް އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ޔޫސުފް އައިކް އާމިރު ހޮވިފައިވާއިރު އަންހެން ފެތުންތެރިއަކަށް ހޮވިފައިވަނީ އާނާ އަހްމަދު ޝިފާއު އެވެ. ތިންވަނައަށް އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް މޫސާ މިކްޔަލް ޝަހުބާޒް ހޮވިފައިވާއިރު ތިންވަނައަށް އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ހޮވިފައިވަނީ އައިމިނަތު އަލްބާ ޝާނީޒެވެ.
މީގެ އިތުރުން ދެން ކުރިޔަށް ގެންގޮސްފައި ވަނީ ވަރަށް ފޯރިގަދަ 500 ގުނަ 4 ގެ ރިލޭ ރޭހެކެވެ. މި ރިލޭގައި ޖުމްލަ 9 ޓީމެއް ވާދަކުރިއެވެ. މި އިވެންޓުގެ އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ ޓީމް 4 އެވެ. މި ޓީމުގައި ހިމެނޭ ފެތުންތެރިންނަކީ އިބްރާހިމް ޔުއާން ޝަމީމް، އައިޝަތު މިޝްކާ ތަސްލީމް، އައިޝަތު އައިޝްކާ ސަމީރު އަދި ޔޫސުފް ޒިޔާން ޒާހިދެވެ. މި އިވެންޓުގެ 2 ވަނައަށް ހޮވިފައިވަނީ ޓީމް 7 އެވެ. މި ޓީމުގަިއ ހިމެނޭ ފެތުންތެރިންނަކީ މުހައްމަދު އައިހަމް އަބްދުއް ޝަކޫރު، އައިޝަތު މަލާކް މުހައްމަދު މައުޖޫދު، އައިރާ ބިންތި ހުސެން އާސިމް އަދި އައިކް ބިން ފައިސަލް އެވެ. ރިލޭ އިވެންޓުން ތިންވަނައަށް ހޮވިފައިވަނީ ޓީމް 5 އެވެ. މި ޓީމުގައި ހިމެނޭ ފެތުންތެރިންނަކީ އަބްދުﷲ ޒައިން ޖިހާދު، ޚަދީޖާ އާން ނަސީހް، އައިމިނަތު ޒީވާ އާމިރު އަދި އަހްމަދު އަތޫފް އަލީ އެވެ.
our sponsors and partners