އައްޑޫ ޒޯން ރާއްޖެ ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 9 – 2026، ނިންމައި ވަނަވަނައަށް އައި ފެތުންތެރިންނަށާއި ސްކޫލްތަކަށް ތައްޓާއި ހަނދާނީ ލިޔުން ޙަވާލުކޮށްފި

Maldives Aquatics

މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމު ކޮށް ޒުވާނުންބާރުވެރި ކުރުވުމާއި، ކުޅިވަރާ ހަށިހެޔޮ ކަމާއި ބެހޭ ވުޒާރާ އަދި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އޮގަސްޓް 15 އިން 20 އަށް ބޭއްވި މި މުބާރާތުގެ ޖޫނިއަރ އޭ، ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދި ފެތުންތެރިއަކީ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ މިކްޔާލް ޝަހުބާޒެވެ. މިބައިން ދެވަނައަށް ހޮވިފައިވަނީ ޝަރަފުއްދީން ސްކޫލްގެ ޔޫސުފް އާކިލް އާމިރެވެ. އަދި ތިންވަނައަށް ހޮވިފައިވަނީ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ޒަކިޔާން އިނާޒެވެ. މި ގްރޫޕުގެ އަންހެން ބައިން އެއްވަނައަށް ހޮވފައިވަނީ ޝަރަފުއްދީން ސްކޫލްގެ ޔާނިއާ ވިޝާމް އަހުމަދެވެ. ދެވަނައަށް ދެ ފެތުންތެރިން ހޮވިފައި ވެއެވެ. އެއީ ޝަރަފުއްދީން ސްކޫލުގެ އައިމިނަތު އަލްބާ ޝާނީޒާއި އިމާ އިބްރާހިމް ނަޝީދެވެ. ތިންވަނައަށް ހޮވިފައިވަނީ ހިތަދޫ ސްކޫލްގެ އައިމިނަތު ރަތުވާ މަތީނެވެ.

ޖޫނިއަރ ބީ، ފިރިހެން ކުދިންގެ ބައިން އެއްވަނައަށް ހޮވިފައިވަނީ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ މާކިން މުހައްމަދެވެ. ދެވަނައަށް ހޮވިފައިވަނީ ފޭދޫ ސްކޫލްގެ މުހައްމަދު ފައިކް ފަސީހެވެ. އަދި ތިންވަނައަށް ހޮވިފައިވަނީ ފޭދޫ ސްކޫލްގެ ހުސައިން ޔާން ނަސީހް އެވެ. މި ގްރޫޕްގެ އަންހެން ބައިން އެއްވަނައަށް ހޮވިފައިވާ ފެތުންތެރިއަކީ ހިތަދޫ ސްކޫލްގެ އާނާ އަހުމަދު ޝިފާއު އެވެ. ދެވަނައަށް ދެ ފެތުންތެރިން ހޮވިފައިވެއެވެ. އެއީ ހިތަދޫ ސްކޫލްގެ ފާތިމަތު ޣާނީ ބިންތި އަސްނާނާއި ފާތިމަތު ލަޔާލީ ބިންތި ހުސައިން އެވެ. މި ބައިގެ ތިންވަނައަށް ތިން ފެތުންތެރިން ހޮވިފައި ވެއެވެ. އެއީ ހިތަދޫ ސްކޫލްގެ އައިޝަތު މަލާކް މުހައްމަދު މައުޖޫދު، އައިމިނަތު ނާލާ މުޝައްފައު ލުތުފީ އަދި ޝަރަފުއްދީން ސްކޫލްގެ މަރިޔަމް ކައުސަރު ޝަރީފެވެ.

ސީނިއަރ އޭ ފިރިހެން ކުދިންގެ ބައިން އެއްވަނައަށް ހޮވިފައިވަނީ އައްޑޫ ހައި ސްކޫލްގެ އަހުމަދު އަތޫފް އަލީއެވެ. ހަމަ މި ސްކޫލްގެ އަބްދުﷲ ޒައިން ޖިހާދު ދެވަނައަށް ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ އައްޑޫ ހައި ސްކޫލްގެ އަލީ ޒައިން އާރިފެވެ. މި ގްރޫޕްގެ އަންހެން ކުދިންގެ ބައިން އެއްވަނައަށް ހޮވިފައިވަނީ އައްޑޫ ހައި ސްކޫލްގެ އައިމިނަތު ޒީވާ އާމިރެވެ. ދެވަނައަށް އައްޑޫ ހައި ސްކޫލްގެ މަރިޔަމް އަލްޔާ މުހައްމަދު ޖަލީލު ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައި ވަނީ ހަމަ މި ސްކޫލްގެ މިޝްކާ ޝަރީފެވެ.

މި މުބާރާތުގެ ޖޫނިއަރ ގްރޫޕްގެ އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ހިތަދޫ ސްކޫލެވެ. ދެވަނައަށް ޝަރަފުއްދީން ސްކޫލް ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ ފޭދޫ ސްކޫލެވެ.

އައްޑޫ ހައި ސްކޫލްގައި ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަހުމަދު ނަރީޝް އެވެ. އަދި މި ހަފްލާގައި އައްޑޫ ސިޓީގެ މޭޔަރުވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.


our sponsors and partners

އައްޑޫ ޒޯން ރާއްޖެ ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 9 – 2026، ނިންމައި ވަނަވަނައަށް އައި ފެތުންތެރިންނަށާއި ސްކޫލްތަކަށް ތައްޓާއި ހަނދާނީ ލިޔުން ޙަވާލުކޮށްފި