އެސޯސިއޭޝަންގެ އެގްޒްކެޓިވް ކޮމިޓީން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ސްވިމިންގ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނުނު ހ. ކަނީރުމާގެ އިބްރާހީމް ޝަމީލްގެ ވަގުތުތައް ހުރިގޮތުން ޖަލްސާތަކަށް ހާޒިރުވާން ޢުޒުރުވެރިވާތީ އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަޤާމަށް މީހަކު އިންތިޚާބުކުރުން 2014 އޮގަސްޓް 28 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައި އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެސޯސިއޭޝަންގެ އަސާސީ ޤަވާޢިދުގައިވާގޮތުން މިމަޤާމަށް ކުރިމަތި ލެވޭނީ އެސޯސިއޭޝަންގެ ދާޢިމީ މެމްބަރުންގެ ތެރެއިން ކޯޗުން، އިންސްޓްރަކްޓަރުން، ޓެކްނިކަލް އޮފިޝަލުންގެ ތެރެއިން މީހަކަށެވެ.
މިމަޤާމަށް ކުރިމަތިލާންއެދޭ މެމްބަރުން 2014 އޮގަސްޓް 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެސޯސިއޭޝަނަށް ލިޔުމަކުން ހުށަހެޅުން އެދެމެވެ.
އިޢުލާން: http://goo.gl/BoVW2x