އޮލިމްޕިކް ވީކް ފެސްޓިވަލް 2015 ގައި ބައިވެރިވުމުގެ ފުރުޞަތު

އޮލިމްޕިކް ވީކް ފެސްޓިވަލް 2015 ގައި ބައިވެރިވުމުގެ ފުރުޞަތު

މިޚަރަކާތް މިހާރު ކެންސަލް ކުރެވިފައިވާ ވާހަކަ ހުރިހާ މެންބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތައް ގުޅިގެން ނޮވެމްބަރ މަހުގެ 07 ވަނަ ދުވަހު އޮލިމްޕިކް ފެސްޓިވަލްގެ ނަމުގައި ހުޅުމާލޭގައި ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މެންބަރުންނާއި، ރާއްޖޭގެ ހުރިހާ އާންމުންނަށް އާއިލީ ދުވަހެއްގެ ގޮތުގައި ހުޅުވާލެވިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލާއި ގުޅިގެން އިތުރު ޚަރަކާތްތަކެއް ނޮވެމްބަރ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އޮލިމްޕިކް ވީކް ސްޕޯރޓްސް ފެސްޓިވަލްގައި އެންމެންނަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ބައެއް ޚަރަކާތްތައް: (7 ނޮވެމްބަރ – ހުޅުމާލެ)

  • ސްޕޯރޓްސް ފެސްޓިވަލް (އެކި ކުޅިވަރުތަކާއި އެކު – ހެނދުނުން ހަވީރަށް)
  • އޮލިމްޕިކް ޑޭ ރަން – 16:45
  • ބައިސްކަލް ރޭސް – 06:30

އޮލިމްޕިކް ވީކްގެ ޙާއްސަ ޚަރަކާތްތައް:

  • އޮލިމްޕިކް ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް (9 ނޮވެމްބަރ – ވިލިނގިލި)
  • ޗެޓް ވިތް ޗެމްޕިއަންސް (11 ނޮވެމްބަރ – މާލެ)

މިފެސްޓިވަލް އަދި މިފެސްޓިވަލްއާއި ގުޅިގެން ބޭއްވޭ އެކިއެކި ޚަރަތާކްތަކުގައި މިއެސޯސިއޭޝަން ރިޕްރެޒެންޓް ކުރުމަށް 30 ފެތުންތެރިންގެ ނަން ހުށަހެޅުމުގެ ފުރުޞަތު މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ.

ވީމާ، މިޚަރަކާތްތަކުގައި ބައިވެރިވާން އެދޭ މިއެސޯސިއޭޝަންގެ މެންބަރު ފެތުންތެރިން ތިރީގައިވާ ލިންކްގައިވާ އޮންލައިން ފޯރމް ފުރުއްވުމަށްފަހު 26 އޮކްޓޯބަރ 2015 ވާ ހޯމަ ދުވަހުގެ ރޭގަނޑު 20:00ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ.

މި ފެސްޓިވަލާއި ބެހޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (ފޯނު: 3346640) އާއި ގުޅުއްވުން އެދެމެވެ.

އޮންލައިން އެޕްލިކޭޝަން ފޯރމް ލިންކް


އޮލިމްޕިކް ވީކް ފެސްޓިވަލް 2015 ގައި ބައިވެރިވުމުގެ ފުރުޞަތު
read more

ވޭތުވެދިޔަ 2014 ވަނަ އަހަރުގެ އެންމެ މޮޅު ފެތުންތެރިންނަށް ނިޝްވާން އާއި ސަޖަން

ވޭތުވެދިޔަ 2014 ވަނަ އަހަރުގެ އެންމެ މޮޅު ފެތުންތެރިންނަށް ނިޝްވާން އާއި ސަޖަން

2014 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ މަޤާމް ނިޝްވާން އިބްރާޙިމް އަށް އަދި އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަޤާމް އައިމިނަތު ސަޖަން ހޯދައިފިއެވެ. މި ފެތުންތެރިންގެ ނަންތައް އިޢުލާންކޮށް، އިނާމާއި ލިޔުން ޙަވާލުކޮށްފައިވަނީ ރޭ ޖަމާލުއްދީން ސްކޫލްގައި ބޭއްވި މިއެސޯސިއޭޝަނުގެ 2015 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައެވެ. މީގެއިތުރުން، މިހަފްލާގައި މިދިޔަ އަހަރުގެ އެކި އެކި މަޤާމްތަކަށް ހޮވުނު ފެތުންތެރިން ވަނީ އިޢުލާނުކޮށް، އިނާމާއި ލިޔުން ޙާވާލުކޮށްފައެވެ.

މިހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް، ޙުސައިން ވަޙީދެވެ.

 

AWARD WINNERS of YEAR 2014

Award Night 2015 - Group

Award Winners 2015

Name Gender Place
Best Swimmers of the Year 2014
Nishwan Ibrahim Male Swimmer of the Year
Mohamed Muthasim Adhnan Male 2nd Place
Ismail Muthasim Adhnan Male 3rd Place
Aminath Shajan Female Swimmer of the Year
Aishath Sajina Female 2nd Place
Fathimath Zuhura Ismail Female 3rd Place
Aishath Anha Haisham Female 3rd Place
Best Swimmers in Local Competitions of the Year 2014
Nishwan Ibrahim Male 1st Place
Mubal Azzam Ibrahim Male 2nd Place
Mohamed Navvar Ibrahim Male 3rd Place
Ibrahim Shammakh Riyaz Male Amongst the Best Five
Mohamed Naail Male Amongst the Best Five
Anmau Ahmed Saleem Female 1st Place
Fathimath Zuhura Ismail Female 2nd Place
Aishath Hulva Khulail Female 3rd Place
Aminath Zana Shiraz Female 3rd Place
Thuvaa Ahmed Shageef Female Amongst the Best Five
Junior Group Best Swimmers of the Year 2014
Mubal Azzam Ibrahim Male 1st Place
Ibrahim Shammakh Riyaz Male 2nd Place
Mohamed Naail Male 3rd Place
Mohamed Raain Abdul Sattar Male Amongst the Best Five
Aal Ulwan Male Amongst the Best Five
Mohamed Raaidh Ismail Male Amongst the Best Five
Ali Imaan Male Amongst the Best Five
Anmau Ahmed Saleem Female 1st Place
Aishath Hulva Khulail Female 2nd Place
Aminath Zana Shiraz Female 2nd Place
Eema Mohamed Fahmee Female 3rd Place
Thuvaa Ahmed Shageef Female 3rd Place
Senior Group Best Swimmers of the Year 2014
Nishwan Ibrahim Male 1st Place
Mohamed Navvar Ibrahim Male 2nd Place
Luth Ismail Shafeeq Male 3rd Place
Mohamed Nazran Nazeer Male Amongst the Best Five
Mohamed Zayan Saneef Male Amongst the Best Five
Aminath Shajan Female 1st Place
Aishath Sajina Female 2nd Place
Fathimath Zuhura Ismail Female 3rd Place
Mariya Mohamed Rishwan Female Amongst the Best Five
Aishath Anha Haisham Female Amongst the Best Five
ވޭތުވެދިޔަ 2014 ވަނަ އަހަރުގެ އެންމެ މޮޅު ފެތުންތެރިންނަށް ނިޝްވާން އާއި ސަޖަން
read more

Mubal to Represent Maldives at the 09th Indian Island Ocean Games Youth Camp 2015

Mubal to Represent Maldives at the 09th Indian Island Ocean Games Youth Camp 2015

09 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ޔޫތް ކޭމްޕަށް މުބާލް


mubal 201409 ވަނަ އިންޑިއަން އޯޝަން އައިލެޑް ގޭމްސް ޔޫތު ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ޤައުމީ ސީނިއަރ ސްވިމިންގ ސްކޮޑްގެ ފެތުންތެރިޔާ، މުބާލް އައްޒާމް އިބްރާޙިމްއަށް ލިބިއްޖެއެވެ. މިފުރުޞަތު މުބާލްއަށް އަށް ލިބިފައިވަނީ މިފަހަރު އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގައި ބައިވެރިވާ އެސޯސިއޭޝަންތަކުން ހުށަހެޅި 14 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޅުންތެރިންގެ ތެރެއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން މި ކޭމްޕްގައި ބައިވެރިވުމަށް ހޮވާލެވުނު ކުޅުންތެރިންގެތެރޭގައި ހިމެނިގެންނެވެ.

މި ކޭމްޕް އޮންނާނީ މިއަހަރުގެ އޮގްސްޓް މަހުގެ 1 ން 9 ގެ ނިޔަލަށް، ރީޔޫނިއަން ގައެވެ.


National Swimming Squads Sponsored by:

Sponsor - Arena Banner

Mubal to Represent Maldives at the 09th Indian Island Ocean Games Youth Camp 2015
read more

Swimmers to Represent Maldives at the Kazan 2015 & Réunion 2015 Announced

Swimmers to Represent Maldives at the Kazan 2015 & Réunion 2015 Announced

16 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް އަދި 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ރާއްޖެ ތަމްޞީލްކުރާ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި.


Commonwealth Games - With Minister 2014

16 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް އަދި 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ރާއްޖެ ތަމްޞީލްކުރާނެ ފެތުންތެރިންގެ ނަންތައް އިޢުލާންކޮށްފިއެވެ. މިފެތުންތެރިންގެ ނަންތައް އިޢުލާންކޮށްފައިވަނީ މިއަދު ނަންބަރ.5 ކޮންފެރެންސް ރޫމްގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް، މުޙައްމަދު މަލީޙް ޖަމާލެވެ.

ފެތުންތެރިންގެ ނަންތައް:

  1.  ނިޝްވާން އިބްރާޙީމް (ފ)
  2.  މުޙައްމަދު މުޢުތަސިމް އަދްނާން (ފ)
  3.  އައިމިނަތު ސަޖަން (އ)
  4.  އައިޝަތު ސާޖިނާ (އ)
  1.  ނިޝްވާން އިބްރާޙީމް (ފ)
  2.  މުޙައްމަދު ނަޒްރާން ނަޒީރު (ފ)
  3.  މުޙައްމަދު މުޢުތަސިމް އަދްނާން (ފ)
  4.  އިސްމާޢީލް މުޢުތަސިމް އަދްނާން (ފ)
  5.  މުޙައްމަދު ޒަޔާން ސަނީފް (ފ)
  6.  ޙަސަން އަޝްރަފް (ފ)
  7.  އައިމިނަތު ސަޖަން (އ)
  8.  އައިޝަތު ސާޖިނާ (އ)

މި ފެތުންތެރިން ހޮވާފައިވަނީ 24 އެޕްރީލް 2015 ވީ ހުކުރު ދުވަހު ހުޅުލޭ އައިލެންޑް ހޮޓެލްގެ ސްވިމިންގ ޕޫލްގައި އަދި ސްރީލަންކާގެ ރެއިންބޯ އެކުއެޓިކްސް ކްލަބްގެ ސްވިމިންގ ޕޫލްގައި 26 އެޕްރީލް 2015 ވީ އާދީއްތަ ދުވަހު ބޭއްވި ޓްރަޔަލްގައި ވާދަކުރި ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްވިމިންގ ސްކޮޑްގެ ފެތުންތެރިންގެ ތެރެއިންނެވެ.

2016 ވަނަ އަހަރު ރިއޯ ގައި ބޭއްވުމަށް ތާވަލްކޮށްފައިވާ ރިއޯ 2016 އޮލިމްޕިކް ގޭމްސް ގައި ސްވިމިންގ އިން ވާދަކުރުމަށް ފުރުޞަތު ލިބޭނީ ކަޒަން ގައި ބޭއްވޭ 16 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ އަންހެން އަދި ފިރިހެން ފެތުންތެރިޔަކަށެވެ. މިފެތުންތެރިން ހޮވާނީ، ފެތުމުގެ ކުޅިވަރުތަކުގެ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ފީނާ އިންނެވެ.

National Squads 2015

މި މުބާރާތްތަކަށް ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލްގެ ނަތީޖާ ތިރީގައި އެވަނީއެވެ.

Names / Stroke Time
Nishwan Ibrahim (Male – Senior Squad)
50m Freestyle 00:27.14
100m Freestyle 01:01.59
50m Butterfly 00:29.38
100m Butterfly 01:07.63
50m Breaststroke 00:38.74
Ibrahim Anaan (Male – Junior Squad)
50m Freestyle 00:33.48
50m Backstroke 00:43.35
50m Breaststroke 00:43.52
Mohamed Zayan Saneef (Male – Senior Squad)
50m Freestyle 00:30.70
50m Butterfly 00:36.42
100m Butterfly 01:25.85
50m Breaststroke 00:41.67
100m Breastroke 01:34.03
Mijaadh Naseer (Male – Junior Squad)
50m Freestyle 00:34.54
100m Freestyle 01:21.23
50m Backstroke 00:43.99
50m Breaststroke 00:41.21
100m Breastroke 01:31.73
Aal Ulwan (Male – Senior Squad)
50m Freestyle 00:34.92
100m Freestyle 01:21.75
50m Butterfly 00:39.67
100m Butterfly 01:38.84
50m Backstroke 00:42.63
Mohamed Nazran Nazeer (Male – Senior Squad)
50m Freestyle 00:30.18
100m Freestyle 01:08.03
50m Butterfly 00:35.15
Hassan Ashraf (Male – Senior Squad)
50m Freestyle 00:29.23
50m Backstroke 00:35.91
50m Breaststroke 00:36.23
100m Breastroke 01:20.44
Navvar Ibrahim (Male – Senior Squad)
50m Freestyle 00:30.88
100m Freestyle 01:12.66
100m Backstroke 01:22.22
50m Breaststroke 00:42.42
Mubal Azzam Ibrahim (Male – Senior Squad)
50m Freestyle 00:32.78
100m Freestyle 01:10.86
50m Backstroke 00:41.03
100m Backstroke 01:25.75
50m Breaststroke 00:44.36
100m Breastroke 01:41.60
Abdullah Zair (Male – Senior Squad)
50m Freestyle 00:31.83
50m Breaststroke 00:39.43
100m Breastroke 01:26.65
Mohamed Muthasim (Male – Senior Squad)
50m Freestyle 00:26.62
100m Freestyle 01:02.45
50m Butterfly 00:29.25
100m Butterfly 01:10.29
50m Breaststroke 00:34.32
100m Breastroke 01:16.02
Ismail Muthasim (Male – Senior Squad)
50m Freestyle 00:29.58
100m Freestyle 01:04.37
50m Butterfly 00:32.00
100m Butterfly 01:09.82
50m Backstroke 00:34.93
100m Backstroke 01:19.52
Eema Fahumee (Female – Senior Squad)
50m Freestyle 00:39.35
100m Freestyle 01:31.77
50m Butterfly 00:47.42
50m Backstroke 00:52.79
100m Breastroke 02:00.89
Zeeba Haamid (Female – Senior Squad)
50m Freestyle 00:40.60
100m Freestyle 01:30.40
50m Butterfly 00:51.75
50m Breaststroke 00:52.10
100m Breastroke 01:54.87
Hamna Ahmed (Female – Senior Squad)
50m Freestyle 00:43.30
100m Freestyle 01:31.53
50m Butterfly 00:48.24
50m Backstroke 00:49.95
100m Backstroke 01:50.60
100m Breastroke 01:59.00
Anha Haisham (Female – Senior Squad)
50m Freestyle 00:38.24
100m Freestyle 01:29.71
50m Backstroke 00:42.57
100m Backstroke 01:37.99
Zuhura Ismail (Female – Senior Squad)
50m Freestyle 00:37.33
100m Freestyle 01:26.19
50m Butterfly 00:47.60
50m Backstroke 00:44.84
100m Breastroke 01:49.99
Aminath Shajan (Female – Senior Squad)
50m Freestyle 00:32.58
100m Freestyle 01:12.70
50m Butterfly 00:37.81
Aishath Saajina (Female – Senior Squad)
50m Freestyle 00:32.59
100m Freestyle 01:19.89
50m Breaststroke 00:48.53
100m Breastroke 01:36.17

National Swimming Squads are Sponsored by:

Sponsor - Arena Banner

Swimmers to Represent Maldives at the Kazan 2015 & Réunion 2015 Announced
read more

Annual General Meeting 2015

Annual General Meeting 2015

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2015


މިއެސޯސިއޭޝަންގެ 2015 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 2 ފެބްރުއަރީ 2015 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ހ.ބޯޅަގެ، ސެމިނަރ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިޖަލްސާގައި ފާސްކުރެވޭ 2014 ވަނަ އަހަރުގެ އަހަރީ ރިޕޯރޓާއި 2015 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ބޭނުންފުޅުވާ ފަރާތްތަކަށް ސްވިމިންގ އެސޯސިއޭޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެގޮތް ހަމަޖެހިހިފައިވާ ވާހަކަ ދަންނަވަމެވެ.

އަދި ދަންނަވަމެވެ. 2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށާއި، 2013 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާއަށް އެއްވެސް އިޞްލާޙެއް ހުށަހަޅަން ބޭނުންފުޅުނަމަ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރީން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި، މި އެސޯސިއޭޝަންގެ އަސާސީ ޤަވާޢިދަށް އިސްލާހެއް ހުށަހަޅަން ބޭނުންފުޅުވާނަމަ 29 ޖެނުއަރީ ވަނަދުވަހުގެ 14:00 ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހަޅުއްވުން އެދެމެވެ.


ސްވިމިންގ އެސޯސިއޭޝަނުގެ ދާއިމީ މެންބަރުންނަށް އަހަރީ އާންމު ޖަލްސާއަށް ދަންނަވާ ސިޓީ: Letter to Members

ސްވިމިންގ އެސޯސިއޭޝަންގެ އަސާސީ ޤަވަޢިދު: Asaasee Gavaidhu 2014

ސްވިމިންގ އެސޯސިއޭޝަނުން 2015 ވަނަ އަހަރަށް އެކުލަވާލާފައިވާ ކަލަންޑަރު: Final Calendar 2015

2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ: AGM Yaumiyya 2014

2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ: AGM Agenda 2015

2014 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް: Annual Report 2014

ދާއިމީ މެންބަރުންގެ ސައްޙަ ލިސްޓް:

Annual General Meeting 2015
read more

Ranking Trials for the National Squads of 2015

Ranking Trials for the National Squads of 2015

2015 ވަނަ އަހަރުގެ ނެޝަނަލް ރޭންކިންގ ޓްރަޔަލްސް


images

ޖޫނިއަރ ސްކޮޑް ޓްރަޔަލްގެ ސްޓާރޓް ލިސްޓް: Junior Squad Trials 2015 – Start List

ސީނިއަރ ސްކޮޑް ޓްރަޔަލްގެ ސްޓާރޓް ލިސްޓް: Senior Squad Trials 2015 – Start List

ޓްރަޔަލް ގެ ޤަވައިދު: National Ranking Trials 2014 – Rules

ޓްރަޔަލްގައި ބައިވެރިވުމަށް އެދޭ ފޯރމް: National Ranking Trials 2015 – Application

ފޯރމް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި: 23 ނޮވެމްބަރ 2014 ގެ 15:00 ގެ ކުރިން.

2015 ވަނަ އަހަރުގެ ނެޝަނަލް ސްވިމިންގ ސްކޮޑްތަކަށް ފެތުންތެރިން ހޮވުމަށް ބާއްވާ ރޭންކިންގ ޓްރަޔަލްސް 2014 ނޮވެމްބަރ 24 އަދި 26 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިޓްރަޔަލްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބައިވެރިވުމަށްއެދި ތިރީގައި ދަންނަވާފައިވާ ތާރީޚްގެކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ. މިޓްރަޔަލް ތަކުގައި ބައިވެރިވުމަށް އެދޭ ފޯރމާއި ޤަވައިދު 18 ނޮވެމްބަރ 2014 ވާ އަންގާރަ ދުވަހުންފެށިގެން މިއެސޯސިއޭޝަނުގެ ވެބްސައިޓުން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.

 

ސީނިއަރ ސްކޮޑް ރޭންކިންގ ޓްރަޔަލް:

ސީނިއަރ ސްކޮޑް ރޭންކިންގ ޓްރަޔަލް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް: 24 ނޮވެމްބަރ 2014

ފޯރމް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި: 23 ނޮވެމްބަރ 2014 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން

 

ޖޫނިއަރ ސްކޮޑް ރޭންކިންގ ޓްރަޔަލް:

ޖޫނިއަރ ސްކޮޑް ރޭންކިންގ ޓްރަޔަލް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް: 26 ނޮވެމްބަރ 2014

ފޯރމް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި: 23 ނޮވެމްބަރ 2014 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން

 

Number: SAM/2014/IUL/024

Ranking Trials for the National Squads of 2015
read more