ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވައިދަށް ބަދަލުގެނެއުމަށް ޕަބްލިޝްކުރެވޭ ފުރަތަމަ ޑްރާފްޓް

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވައިދަށް ބަދަލުގެނެއުމަށް ޕަބްލިޝްކުރެވޭ ފުރަތަމަ ޑްރާފްޓް

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވައިދަށް ބައެއް ބަދަލުތައް ގެނެއުމަށް، 24 އޭޕުރީލް 2025 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމުޖަލްސާއަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކަށް މި އެސޯސިއޭޝަނުގެ މެންބަރުން ކޮމެންޓު ހުށަހަޅަން ބޭނުންފުޅުވާނަމަ، 13 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ. ކޮމެންޓު ފޮނުވާއިރު ކޮމެންޓު ކުރަށްވާ އިސްލާޙުގެ ނަންބަރު ލިޔަންވާނެއެވެ. މިބަދަލުތައް ގެނެއުމަށް އެކުލަވާލާފައިވާ ޑްރާފްޓް ތިރީގައިވާ ލިންކުން ލިބިވަޑައި ގަންނަވާނެއެވެ.

މިހާރު ޢަމަލުކުރަމުންދާ ހިންގާ ގަވައިދު: Swimming Association Hingaa Gavaidhu 2018 – Final

އިސްލާހު ގެނެވިފައިވާ ހިންގާ ގަވައިދުގެ ޑްރާފްޓް: ވޯޑް ފައިލް ލިންކު އަދި ޕީ.ޑީ.އެފް ލިންކު.

our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވައިދަށް ބަދަލުގެނެއުމަށް ޕަބްލިޝްކުރެވޭ ފުރަތަމަ ޑްރާފްޓް
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2025 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ފަސްކުރުން

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2025 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ފަސްކުރުން

ސްވިމިންގއެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން މިހާރު ހަމަޖައްސާފައި ވަނީ 24 އޭޕުރީލު 2025 ވާ ބުރާސްފަތި ދުވަހުއެވެ. މިގޮތަށް ހަމަޖެއްސީ އަހަރީ އާންމު ޖަލްސާބާއްވަން އިޢުލާނު ކުރި ތާރީޚަށް ޖަލްސާގައި ބައިވެރިވާން މެންބަރުން ރަޖިސްޓަރީވެފައިވާ ޢަދަދު މަދުވުމާއިއެކު މެންބަރުންނަށް އިތުުރު ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

ވީމާ ދަންނަވަމެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވައިދުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެމަތިން އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާ 24 އޭޕުރީލު 2025 ވާ ބުރާސްފަތި ދުވަހު ގުރޭޓަރ މާލެ ސަރަޙައްދުގައި އޮންނާނެއެވެ. ވީމާ މިޖަލްސާއަށް އެސޯސިއޭޝަންގެ މެންބަރުންނަށް ދަޢުވަތު އަރުވައި ނޯޓިސްދީ އިޢުލާނު ކުރަމެވެ. ޖަލްސާ ބާއްވާ ތަނާ ވަގުތު ފަހުން އިޢުލާނު ކުރެވޭނެއެވެ.

ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެތެރެއިން މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެސޯސިއޭޝަނަށް ދައްކަންޖެހޭ އަހަރީފީ 10 އޭޕުރީލު 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން އެސޯސިއޭޝަނަށް ދައްކާ މެންބަރުންނަށެވެ.

އަދި ދަންނަވަމެވެ. ސްވިމިންގ އެސޯސިއެޝަން އޮފް މޯލްޑިވްސްގެ ހިންގަ ގަވައިދުގެ 32 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ސްވިމިންގ އެސޯސިއޭޝަނުގެ ހިންގާ ގަވައިދަށް ގެންނަން ފެންނަ އިސްލާހެއް ނުވަތަ އެޖެންޑާގައި ހިމަނަން ގެންނަ ބޭނުން ބަދަލެއް ވާނަމަ 10 އެޕުރީލު 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ލިޔުމަކުން އެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ.

އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރީ ކުރާ މެންބަރުންނަށް 2024 ވަނައަހަރުގެ އަހަރީ ރިޕޯޓް، ޖަލްސާގެ ޔައުމިއްޔާ، ބަޖެޓް ރިޕޯޓް ފަދަ ލިޔެކިޔުންތައް ޖަލްސާ ފެށުމުގެ ލަސްވެގެން 7 (ހަތެއް) ދުވަސްކުރިން ހިއްސާކުރާނެއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2025 ވަނައަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ އެޖެންޑާ

  1. މެންބަރުން ހާޒިރުވުން.
  2. ރޯލްކޯލް އަދި ހާޒިރީ މާރުކުރުން.
  3. ކީރިތި ޤުރްއާން ކިޔެވުން.
  4. 2024 ވަނައަހަރުގެ އަހަރީ ޖަލްސާގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް، ފައިނޭންޝަލް ރިޕޯޓް، ހުށަހަޅައި ފާސްކުރުން.
  5. 2025 ވަނައަހަރުގެ ބަޖެޓު ފާސްކޮށް ކަލަންޑަރު ހުށަހެޅުން.
  6. ސްވިމިންގ އެސޯސިއޭޝަނުގެ ހިންގާ ގަވައިދަށް ގެންނަ އިސްލާހު ފާސްކުރުން.
  7. މެންބަރުންގެ އިތުރު ޚިޔާލު.
  8. ޖަލްސާ ނިންމުން.

އަހަރީފީގެ މަޢުލޫމާތު

  1. އެގްޒެކެޓިވް މެންބަރުން:   500.00
  2. ހިންގާ ކޮމިޓީގެ މެންބަރުން: 300.00
  3. ދާޢިމީ ކުލަބު މެންބަރުން: 500.00
  4. ދާޢިމީ ވަކިވަކި މެންބަރުން: 100.00

ނޯޓް: 28 ފެބުރުއަރީ 2025 ގެފަހުން އަހަރީ ފީބަލައިގަނެވޭނީ 100.00 ރުފިޔާގެ ޖޫރިމަނާއަކާއެކުގައެވެ. އަހަރީ ފައިސާ ދައްކާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 7704278341001 ނަންބަރު އެކައުންޓަށް އޮންލައިންކޮށެވެ. ފައިސާ ދެއްކުމަށްފަހު ސްލިޕް 7250707 ނަންބަރަށް ސްލިޕްކޮޅު ފޮނުވަން ވާނެއެވެ. ސްލިޕްކޮޅުގައި މެންބަރުގެ މަޢުލޫމާތު ހިމަނަން ވާނެއެވެ.

ވީމާ ސްވިމިންގ އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން މިނޯޓިހާ އެކުގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކޮށް 10 އޭޕުރީލު 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ސަބްމިޓްކުރުން އެދެމެވެ.

ޕާޓީސިޕޭޝަން ލިންކު: https://forms.gle/sYZQUUsnguNiV1or8

އަދި ދަންނަވަމެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2024 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ އާއި، 2024 ވަނައަހަރުގެ އަހަރީ ރިޕޯޓާއި، އަދި 2024 ވަނައަހަރުގެ ޚަރަދު ރިޕޯޓުގެ އިތުރުން 2025 ވަނައަހަރުގެ ބަޖެޓު މެންބަރުންނާ ހިއްސާކޮށް މެންބަރުން ހުށަހަޅާ ޚިޔާލު ނުވަތަ ބަދަލުތައް ހިމެނުމުގެ އިތުރުން ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ގަވައިދަށް ގެންނަ ބަދަލުތަކަށްވެސް މެންބަރުންނަށް ޚިޔާލު ހުށަހަޅާން ފުރުސަތުދިނުމަށް ހަމަޖެހިފައިވާތީ އަހަރީ އާއްމު ޖަލްސާގައި މިދެންނެވި ރިޕޯޓުތަކާ ލިޔެކިޔުންތަކުގެ ތަފުސީލު ހުށަނާޅައި ޚުލާސާ ހުށަހެޅުމަށްފަހު ވޯޓަށް އަހަން ހަމަޖައްސާފައިވާ ވާހަކަވެސް މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2025 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ފަސްކުރުން
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2025 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ނޯޓިސް

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2025 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ނޯޓިސް

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވައިދުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެމަތިން އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާ 12 އޭޕުރީލު 2025 ވާ ހޮނިހިރު ދުވަހު ގުރޭޓަރ މާލެ ސަރަޙައްދުގައި އޮންނާނެއެވެ. ވީމާ މިޖަލްސާއަށް އެސޯސިއޭޝަންގެ މެންބަރުންނަށް ދަޢުވަތު އަރުވައި ނޯޓިސްދީ އިޢުލާނު ކުރަމެވެ. ޖަލްސާ ބާއްވާ ތަނާ ވަގުތު ފަހުން އިޢުލާނު ކުރެވޭނެއެވެ.

ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެތެރެއިން މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެސޯސިއޭޝަނަށް ދައްކަންޖެހޭ އަހަރީފީ 3 އޭޕުރީލް 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން އެސޯސިއޭޝަނަށް ދައްކާ މެންބަރުންނަށެވެ.

އަދި ދަންނަވަމެވެ. ސްވިމިންގ އެސޯސިއެޝަން އޮފް މޯލްޑިވްސްގެ ހިންގަ ގަވައިދުގެ 32 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ސްވިމިންގ އެސޯސިއޭޝަނުގެ ހިންގާ ގަވައިދަށް ގެންނަން ފެންނަ އިސްލާހެއް ނުވަތަ އެޖެންޑާގައި ހިމަނަން ގެންނަ ބޭނުން ބަދަލެއް ވާނަމަ 23 މާރިޗު 2025 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން ލިޔުމަކުން އެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ.

އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރީ ކުރާ މެންބަރުންނަށް 2024 ވަނައަހަރުގެ އަހަރީ ރިޕޯޓް، ޖަލްސާގެ ޔައުމިއްޔާ، ބަޖެޓް ރިޕޯޓް ފަދަ ލިޔެކިޔުންތައް ޖަލްސާ ފެށުމުގެ ލަސްވެގެން 7 (ހަތެއް) ދުވަސްކުރިން ހިއްސާކުރާނެއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2025 ވަނައަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ އެޖެންޑާ

  1. މެންބަރުން ހާޒިރުވުން.
  2. ރޯލްކޯލް އަދި ހާޒިރީ މާރުކުރުން.
  3. ކީރިތި ޤުރްއާން ކިޔެވުން.
  4. 2024 ވަނައަހަރުގެ އަހަރީ ޖަލްސާގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް، ފައިނޭންޝަލް ރިޕޯޓް، ހުށަހަޅައި ފާސްކުރުން.
  5. 2025 ވަނައަހަރުގެ ބަޖެޓު ފާސްކޮށް ކަލަންޑަރު ހުށަހެޅުން.
  6. ސްވިމިންގ އެސޯސިއޭޝަނުގެ ހިންގާ ގަވައިދަށް ގެންނަ އިސްލާހު ފާސްކުރުން.
  7. މެންބަރުންގެ އިތުރު ޚިޔާލު.
  8. ޖަލްސާ ނިންމުން.

އަހަރީފީގެ މަޢުލޫމާތު

  1. އެގްޒެކެޓިވް މެންބަރުން:   500.00
  2. ހިންގާ ކޮމިޓީގެ މެންބަރުން: 300.00
  3. ދާޢިމީ ކުލަބު މެންބަރުން: 500.00
  4. ދާޢިމީ ވަކިވަކި މެންބަރުން: 100.00

ނޯޓް: 28 ފެބުރުއަރީ 2025 ގެފަހުން އަހަރީ ފީބަލައިގަނެވޭނީ 100.00 ރުފިޔާގެ ޖޫރިމަނާއަކާއެކުގައެވެ. އަހަރީ ފައިސާ ދައްކާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 7704278341001 ނަންބަރު އެކައުންޓަށް އޮންލައިންކޮށެވެ. ފައިސާ ދެއްކުމަށްފަހު ސްލިޕް 7250707 ނަންބަރަށް ސްލިޕްކޮޅު ފޮނުވަން ވާނެއެވެ. ސްލިޕްކޮޅުގައި މެންބަރުގެ މަޢުލޫމާތު ހިމަނަން ވާނެއެވެ.

ވީމާ ސްވިމިންގ އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން މިނޯޓިހާ އެކުގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކޮށް 3 އޭޕުރީލު 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ސަބްމިޓްކުރުން އެދެމެވެ.

ޕާޓީސިޕޭޝަން ލިންކު: https://forms.gle/sYZQUUsnguNiV1or8

އަދި ދަންނަވަމެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2024 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ އާއި، 2024 ވަނައަހަރުގެ އަހަރީ ރިޕޯޓާއި، އަދި 2024 ވަނައަހަރުގެ ޚަރަދު ރިޕޯޓުގެ އިތުރުން 2025 ވަނައަހަރުގެ ބަޖެޓު މެންބަރުންނާ ހިއްސާކޮށް މެންބަރުން ހުށަހަޅާ ޚިޔާލު ނުވަތަ ބަދަލުތައް ހިމެނުމުގެ އިތުރުން ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ގަވައިދަށް ގެންނަ ބަދަލުތަކަށްވެސް މެންބަރުންނަށް ޚިޔާލު ހުށަހަޅާން ފުރުސަތުދިނުމަށް ހަމަޖެހިފައިވާތީ އަހަރީ އާއްމު ޖަލްސާގައި މިދެންނެވި ރިޕޯޓުތަކާ ލިޔެކިޔުންތަކުގެ ތަފުސީލު ހުށަނާޅައި ޚުލާސާ ހުށަހެޅުމަށްފަހު ވޯޓަށް އަހަން ހަމަޖައްސާފައިވާ ވާހަކަވެސް މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2025 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ނޯޓިސް
read more

ފެތުމުގެ ޤައުމީ ޕޫލަށް ފެތުންތެރިން ނެގުމުގެ ސިލެކްޝަން ޓްރަޔަލް 20-21 ޑިސެންބަރު 2024

ފެތުމުގެ ޤައުމީ ޕޫލަށް ފެތުންތެރިން ނެގުމުގެ ސިލެކްޝަން ޓްރަޔަލް  20-21 ޑިސެންބަރު 2024

.

2025 ވަނަ އަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ޕޫލަށް ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްސް ޑިސެމްބަރ މަހުގެ 20 އަދި 21 ވަނަދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ޓްރަޔަލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 19 ޑިސެމްބަރ 2024 ގެ 23:00 ގެ ކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ.

އޮންލައިން ފޯރމް: ލިންކު

އިޢުލާނު އަދި އިތުރު މަޢުލޫމާތު: ޑައުންލޯޑް ލިންކު

ޤައުމީ ރެކޯޑުތައް: ލިންކު

ނެޝަނަލް ޕޫލުގައި އުޅޭ ފެތުންތެރިން ޢަމަލުކުރަންޖެހޭ ޤަވާއިދު: ޑައުންލޯޑް ލިންކު

ޓްރަޔަލް ޤަވައިދު: ލިންކު

ބައިވެރިވުމުގެ ސުންގަޑި: 19 ޑިސެމްބަރ 2024 ގެ 23:00

ޓްރަޔަލް ބޭއްވުމަށް ހަމަޖެހިފައިވާ ވެނޫ: ހުޅުމާލޭ މިސް ސްޕޯރޓްސް ކޮމްޕްލެކްސް ސްވިމިންގ ޕޫލު

ޓައިމިންގ ކޮންސިޑަރ ކުރުމަށް ހުށަހެޅޭނެ މުބާރާތްތަކާއި ޓްރަޔަލްތައް:

  1. ބީ.އެމް.އެލް، ޤައުމީ ފެތުމުގެ 48 ވަނަ މުބާރާތް
  2. ބީ.އެމް.އެލް، ސްކޫލްކުދިންގެ 20 ވަނަ ފެތުމުގެ މުބާރާތް.
  3. 19 އޮކްޓޫބަރ 2024ގެ ފަހުން ފެތުންތެރިން ދިވެހިރާއްޖެ ތަމްޞީލުކޮށްފައިވާ މުބާރާތްތައް.

our sponsors and partners

ފެތުމުގެ ޤައުމީ ޕޫލަށް ފެތުންތެރިން ނެގުމުގެ ސިލެކްޝަން ޓްރަޔަލް 20-21 ޑިސެންބަރު 2024
read more

އެސޯސިއޭޝަނުން ބާއްވާ ޓްރަޔަލްތަކުގެ ޤަވަޢިދު (24 ނޮވެމްބަރ 2024 ދުވަހުން ފެށިގެން ޢަމަލުކުރާ)

އެސޯސިއޭޝަނުން ބާއްވާ ޓްރަޔަލްތަކުގެ ޤަވަޢިދު (24 ނޮވެމްބަރ 2024 ދުވަހުން ފެށިގެން ޢަމަލުކުރާ)

.

ފެތުމުގެ މުބާރާތްތަކާއި ޤައުމީ ޕޫލަށް ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްތަކުގެ ޤަވައިދު ވަނީ 24 ނޮވެމްބަރ 2024 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އިސްލާޙު ކޮށްފައެވެ. ވީމާ، އިސްލާހު ކޮށްފައިވާ މި ޤަވާޢިދު އާންމުކުރަމެވެ.

މި ޤަވާޢިދުތަކަށް ޢަމަލުކުރަން ފަށާނީ 24 ނޮވެމްބަރ 2024 ވަނަ ދުވަހުން ފެށިގެންނެވެ.

އިތުރު ލިންކުތައް:

our sponsors and partners

އެސޯސިއޭޝަނުން ބާއްވާ ޓްރަޔަލްތަކުގެ ޤަވަޢިދު (24 ނޮވެމްބަރ 2024 ދުވަހުން ފެށިގެން ޢަމަލުކުރާ)
read more

މާސްޓަރސް ޑިގްރީ ޕްރޮގްރާމް: އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް

މާސްޓަރސް ޑިގްރީ ޕްރޮގްރާމް: އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް

އިންޓަރނޭޝަނަލް އޮލިމްޕިކް އެކަޑަމީ އާއި ޔުނިވަރސިޓީ އޮފް ޕެލޮޕޮނީސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މާސްޓަރސް ޑިގްރީ ޕްރޮގްރާމް ‘އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އެކޮމިޓީގެ މެންބަރު ހުރިހާ ކުޅިވަރު އެސޯސިއޭޝަންއަށް ވަނީ ހުޅުވާލާފައެވެ.

މާސްޓަރސް ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: މާސްޓަރސް އިން އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް
  • ބޭއްވޭތަން: އޮލިމްޕިއާ، ގްރީސް
  • ފުރަތަމަ ސެމިސްޓަރގެ ތާރީޚް: 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ 20 ން 23 ނޮވެމްބަރ އަށް
  • ދެވަނަ ސެމިސްޓަރގެ ތާރީޚް: 2025 ވަނަ އަހަރުގެ އެޕްރީލް 4 ން 8 ޖޫން އަށް
  • އިތުރު މަޢުލޫމާތު: ލިންކު
  • މަޢުލޫމާތު ސާފުކުރެއްވުމަށް: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ފޯނު: 3346640، އީމެއިލް: info@olympic.mv

އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އެކްސެޕްޓް ކުރާ ކެނޑިޑޭޓުންގެ ތެރެއިން އޮލިމްޕިކް ސޮލިޑާރިޓީއިން ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާ މި މާސްޓަރސް ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިކަން ހުންނަ މިއެސޯސިއޭޝަނުގެ މެންބަރުން، މިކަމަށް އެދި 17 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން މިކަމަށް އެދި ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި: 17 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން

ޝަރުތު:

  • ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރެއްކަމުގައިވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއަށް އެޑްރެސްކޮށްފައިވާ ކަވަރ ލެޓަރ.
  • ކުޅިވަރުގެ ދާއިރާއިންނާއި، ޕްރޮފެޝަނަލް ދާއިރާއިން ކޮށްދީފައިވާ ޚިދުމަތްތަކާއި، ހޯދާފައިވާ ކާމިޔާބުތަކާއި، ތަޢުލީމްގެ ތަފްޞީލް އަދި މަސައްކަތުގެ ތަޖުރިބާ ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ފުރިހަމަ ސީވީ
  • ކުޅިވަރު ޚަރަކާތްތަކުގައި (ކުޅުންތެރިއެއް، އޮފިޝަލެއް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ފީލްޑްގައި ނަމަވެސް) މިހާރުވެސް އުޅެމުންދާކަމުގެ ލިޔުންތަކުގެ ސްކޭން.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ސްކޭން.
  • ސަރުކާރުގެ އިދާރާއަކުން އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ސްކޭން.
  • އެމް.ކިއު.އޭ އިން އެކްރިޑިޓް ކޮށް، ސަރުކާރުގެ އިދާރާއަކުން އެޓެސްޓްކޮށްފައިވާ ބެޗްލަރސް ޑިގްރީ ގެ ސްކޭން އަދި އެ ޑިގްރީގެ ފުރިހަމަ ޓްރާންސްކްރިޕްޓް.
  • ޕޯސްޓްގްރެޖުއޭޓް ޑިގްރީ ހާސިލްކޮށްފައިވާނަމަ، އެމް.ކިއު.އޭ އިން އެކްރިޑިޓް ކޮށް، ސަރުކާރުގެ އިދާރާއަކުން އެޓެސްޓްކޮށްފައިވާ ޕޯސްޓްގްރެޖުއޭޓް ޑިގްރީ ގެ ސްކޭން އަދި އެ ޑިގްރީގެ ފުރިހަމަ ޓްރާންސްކްރިޕްޓް.
  • ބެޗްލަރސް އަދި ޕޯސްޓްގްރެޖުއޭޓް ޑިގްރީތަކުގައި ތީސިސްއެއް ހިމެނޭނަމަ، އެ ތީސިސްގެ ސްކޭން ނުވަތަ ޕީ.ޑީ.އެފް ފައިލް.
  • ސަރުކާރުގެ އިދާރާއަކުން އެޓެސްޓްކޮށްފައިވާ އިނގިރޭސި ބަހުން ލިޔަން ކިޔަން އިނގޭކަމުގައި ސެޓްފިކެޓެއްގެ ސްކޭން (ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް، ސީ.އޭ.އީ، ސީ.ޕީ.އީ، އައި.އެލް.ޓީ.އެސް، ޓީ.އޯ.އީ.އެފް.އެލް ފަދަ)
  • އެކެޑަމިކް ޕަބްލިކޭޝަން އެއް އޮތްނަމަ، އޭގެ ތަފްޞީލު.
  • ސީވީގައި ހިމަނާފައިވާ ކަންކަމަށް ބާރުދޭ ލިޔުންތަކުގެ ސްކޭން.
  • ޕާސްޕޯޓުގެ ބަޔޯ ޑޭޓާ ޕޭޖުގެ ސްކޭން.
  • ޕާސްޕޯޓު ސައިޒްގެ ފޮޓޯއެއްގެ ސޮފްޓްކޮޕީ.
  • އެޕްލިކޭޝަން ފޯރމް
  • އިރުރަށް ހުށަހަޅަން ބޭނުންވާ ލިޔުންތަކުގެ ސްކޭން.
  • ނޯޓު: ހުރިހާ ސްކޭންއެއް ހުންނަންވާނީ، ސާފުކޮށް އަދި ކުލަކޮށެވެ.

our sponsors and partners

މާސްޓަރސް ޑިގްރީ ޕްރޮގްރާމް: އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2024 ގެ ދަޢުވަތު

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2024 ގެ ދަޢުވަތު

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދުގެ 32 ވަނަ މއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެމަތިން އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާ 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހު 10:00 ގައި މާލެ ސަރަޙައްދުގައި އޮންނާނެއެވެ. ވީމާ މިޖަލްސާއަށް އެސޯސިއޭޝަންގެ މެންބަރުންނަށް ދަޢުވަތު އަރުވަމެވެ.

ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެތެރެއިން މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެސޯސިއޭޝަނަށް ދައްކަންޖެހޭ އަހަރީފީ 14 މާރިޗު 2024 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ދައްކާ މެންބަރުންނަށެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާގެ އެޖެންޑާ

1- މެންބަރުން ހާޒިރުވުން.
2- ރޯލްކޯލް އަދި ހާޒިރީ މާރުކުރުން.
3- ކީރިތި ޤުރްއާން ކިޔެވުން.
4- 2023 ވަނައަހަރުގެ އަހަރީ ޖަލްސާގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް، ފައިނޭންޝަލް ރިޕޯޓް، ހުށަހަޅައި ފާސްކުރުން.
5- 2024 ވަނައަހަރުގެ ބަޖެޓު ފާސްކޮށް ކަލަންޑަރު ހުށަހެޅުން.

އަހަރީފީގެ މަޢުލޫމާތު
1- އެގްޒެކެޓިވް މެންބަރުން: 500.00
2- ހިންގާ ކޮމިޓީގެ މެންބަރުން: 300.00
3- ދާޢިމީ ކުލަބު މެންބަރުން: 500.00
4- ދާޢިމީ ވަކިވަކި މެންބަރުން: 100.00

ރަޖިސްޓްރޭޝަން ލިންކު: https://forms.gle/aU1NwNshAWsDip7a9

ނޯޓް: 29 ފެބުރުއަރީ 2024 ގެފަހުން އަހަރީ ފީބަލައިގަނެވޭނީ 100.00 ރުފިޔާގެ ޖޫރިމަނާއަކާއެކުގައެވެ. އަހަރީ ފައިސާ ދައްކާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 7704278341001 ނަންބަރު އެކައުންޓަށް އޮންލައިންކޮށެވެ. ފައިސާ ދެއްކުމަށްފަހު ސްލިޕް 7250707 ނަންބަރަށް ސްލިޕްކޮޅު ފޮނުވަން ވާނެއެވެ. ސްލިޕްކޮޅުގައި މެންބަރުގެ މަޢުލޫމާތު ހިމަނަން ވާނެއެވެ.

ވީމާ ސްވިމިންގ އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން ލިންކުގައިވާ ފޯމު ފުރިހަމަކޮށް 14 މާރިޗު 2024 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ސަބްމިޓްކުރެއްވުން އެދެމެވެ.

our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2024 ގެ ދަޢުވަތު
read more

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2024 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2024 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބުޑަޕެސްޓް (ހަންގޭރީ) ގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައި.ސީ.ސީ) ގައި އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ބައިވެރިކުރުމަށް އެއްނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް (info@swimming.org.mv) މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ މަޢުލޫމާތު:

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް
  • ކޯހުގެ ތާރީޚް: 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެއަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް
  • ކޯސް ހިންގޭ ޔުނިވަރސިޓީ އަދި ސިޓީ: ހަންގޭރިއަން ޔުނިވަރސިޓީ އޮފް ސްޕޯރޓްސް ސައިންސް
  • ކޯހުގެފީ: އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ހިލޭ
  • އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ޖާގައިގެ ޢަދަދު: ދިވެހިރާއްޖެއިން 1 ފަރާތަށް
  • ސްވިމިންގ އެސޯސިއޭޝަނުން މި ސްކޮލަރޝިޕްއަށް ހުށެހެޅޭނެ ނަމުގެ ޢަދަދު: 1
  • އިތުރު މަޢުލޫމާތު: https://tf.hu/en/students/future-students/international-coaching-course

ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • 18 އަހަރުން މަތީގެ މީހަކަށްވުން.
  • ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޚާނުން އިނގިރޭސި މިމާއްދާއިން ދަށްވެގެން ސީ ފާސް ނުވަތަ މިއަށްވުރެ މަތީ ފާހެއް ލިބިފައިވުމާއި، އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގުން.
  • މަދުވެގެން 2 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • މީގެ ކުރިން، މިފަދަކޯހެއްގައި ބައިވެރިވެފައިވާ ކޯޗެއްކަމުގައި ނުވުން.

ސްވިމިންގ އެސޯސިއޭޝަނުން މި ކޯހަށް ހުށަހަޅާ ނަން ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް އިސްކަންދެވޭނެއެވެ.

  • ސްވިމިންގ ކޯޗިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތައް.
  • ޤައުމީ ސީނިއަރ ނުވަތަ ޖޫނިއަރ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދޭ ކޯޗުންނަށް އިސްކަންދިނުން.
  • ފެތުންތެރިން އުފެއްދުމަށާއި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ ޚިދުމަތް އަދި ކުރަމުންދާ މަސައްކަތް.
  • 5 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ ކޯޗުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިކޯހުގައި ބައިވެރިވެ، ސްކޮލަރޝިޕްއަށް އެދި ހުށަހަޅާ ސިޓީ (އިނގިރޭސިބަހުން)
  • ސީވީ (އިނގިރޭސި ބަހުން)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ސްކޭން
  • ޕާސްޕޯޓްގެ ކުލަ ސްކޭން
  • ޕާސްޕޯރޓް ސައިޒް ފޮޓޯ ގެ ސޮފްޓް ކޮޕީ
  • ކޮވިޑް 19 ވެކްސިން ޖެހިކަމުގެ ލިޔުން (ވެކްސިން ޖަހާފައިވާނަމަ)

ސުންގަޑި: 22 ޖަނަވަރީ 2024 (13:00)

ހަންގޭރީއަށް ދިޔުމަށް ބޭނުންވާ ވިސާ:

ވިސާގެ ކަންކަމަށް ކޯސްފެށުމުގެ ކުރިން ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީގެ ސްކޮލަރޝިޕް ލިބޭފަރާތަކަށް ވިސާގެކަންކަމުގެ ހުރިހާ ޚަރަދެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހަމަޖައްސައި ދޭނެއެވެ. ނަމަވެސް، ވިސާ އެޕްލިކޭޝަން އާއި، ވިސާގެ ކަންކަން ހަމަޖެއްސުމުގެ ހުރިހާ ޒިންމާއެއް ނަގަންވާނީ އެޕްލިކަންޓެވެ.

ވީމާ، ކޯޗުންނާއި މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2024 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު
read more

އެސޯސިއޭޝަނުން ބާއްވާ ޓްރަޔަލްތަކުގެ އަދި މޯލްޑިވްސް ޕޮއިންޓް ޤަވަޢިދު (16 އޮކްޓޫބަރ 2023 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރާ)

އެސޯސިއޭޝަނުން ބާއްވާ ޓްރަޔަލްތަކުގެ އަދި މޯލްޑިވްސް ޕޮއިންޓް ޤަވަޢިދު (16 އޮކްޓޫބަރ 2023 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރާ)

(14 ނޮވެމްބަރ 2023 ގައި އަޕްޑޭޓް ކުރެވިފައި)

ފެތުމުގެ މުބާރާތްތަކާއި ޤައުމީ ޕޫލަށް ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްތަކުގެ ޤަވައިދު އަދި މޯލްޑިވްސް ޕޮއިންޓްގެ ޤަވާއިދު ވަނީ 15 އޮކްޓޫބަރ 2023 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އިސްލާޙު ކޮށްފައެވެ. ވީމާ، އިސްލާހު ކޮށްފައިވާ މި 2 ޤަވާޢިދު އާންމުކުރަމެވެ.

އެސޯސިއޭޝަނުން ބާއްވާ ޓްރަޔަލްތަކުގެ ޤަވާޢިދު: ޑައުންލޯޑް ލިންކު

މޯލްޑިވްސް ޕޮއިންޓުގެ ޤަވާޢިދު: ޑައުންލޯޑް ލިންކު

14/11/2023 ގައި، މޯލްޑިވްސް ޕޮއިންޓުގެ ބޭސްޓައިމްތައް: ޑައުންލޯޑް ލިންކު

މި ޤަވާޢިދުތަކަށް ޢަމަލުކުރަން ފަށާނީ 16 އޮކްޓޫބަރ 2023 ވަނަ ދުވަހުން ފެށިގެންނެވެ.

our sponsors and partners

އެސޯސިއޭޝަނުން ބާއްވާ ޓްރަޔަލްތަކުގެ އަދި މޯލްޑިވްސް ޕޮއިންޓް ޤަވަޢިދު (16 އޮކްޓޫބަރ 2023 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރާ)
read more

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2023 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2023 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހު ބުޑަޕެސްޓް (ހަންގޭރީ) ގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައި.ސީ.ސީ) ގައި އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ބައިވެރިވުމަށް އެއްނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 21 ޖުލައި 2023 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް (info@swimming.org.mv) މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ މަޢުލޫމާތު:

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް
  • ކޯހުގެ ތާރީޚް: 2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 2 އިން ފެށިގެން 1 ޑިސެމްބަރ 2023 ގެ ނިޔަލަށް
  • ކޯސް ހިންގޭ ޔުނިވަރސިޓީ އަދި ސިޓީ: ހަންގޭރިއަން ޔުނިވަރސިޓީ އޮފް ސްޕޯރޓްސް ސައިންސް
  • ކޯހުގެފީ: އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ހިލޭ
  • އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ޖާގައިގެ ޢަދަދު: ދިވެހިރާއްޖެއިން 1 ފަރާތަށް
  • ސްވިމިންގ އެސޯސިއޭޝަނުން މި ސްކޮލަރޝިޕްއަށް ހުށެހެޅޭނެ ނަމުގެ ޢަދަދު: 1
  • އިތުރު މަޢުލޫމާތު: https://tf.hu/en/students/future-students/international-coaching-course

ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • 18 އަހަރުން މަތީގެ މީހަކަށްވުން.
  • ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޚާނުން އިނގިރޭސި މިމާއްދާއިން ދަށްވެގެން ސީ ފާސް ނުވަތަ މިއަށްވުރެ މަތީ ފާހެއް ލިބިފައިވުމާއި، އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގުން.
  • މަދުވެގެން 2 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • މީގެ ކުރިން، މިފަދަކޯހެއްގައި ބައިވެރިވެފައިވާ ކޯޗެއްކަމުގައި ނުވުން.

ސްވިމިންގ އެސޯސިއޭޝަނުން މި ކޯހަށް ހުށަހަޅާ ނަން ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް އިސްކަންދެވޭނެއެވެ.

  • ސްވިމިންގ ކޯޗިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތައް.
  • ޤައުމީ ސީނިއަރ ނުވަތަ ޖޫނިއަރ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދޭ ކޯޗުންނަށް އިސްކަންދިނުން.
  • ފެތުންތެރިން އުފެއްދުމަށާއި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ ޚިދުމަތް އަދި ކުރަމުންދާ މަސައްކަތް.
  • 5 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ ކޯޗުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިކޯހުގައި ބައިވެރިވެ، ސްކޮލަރޝިޕްއަށް އެދި ހުށަހަޅާ ސިޓީ (އިނގިރޭސިބަހުން)
  • ސީވީ (އިނގިރޭސި ބަހުން)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ސްކޭން
  • ޕާސްޕޯޓްގެ ކުލަ ސްކޭން
  • ޕާސްޕޯރޓް ސައިޒް ފޮޓޯ ގެ ސޮފްޓް ކޮޕީ
  • ކޮވިޑް 19 ވެކްސިން ޖެހިކަމުގެ ލިޔުން (ވެކްސިން ޖަހާފައިވާނަމަ)

ސުންގަޑި: 21 ޖުލައި 2023 ވާ ހުކުރު ދުވަހުގެ 18:00