ފަންސާސް މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި

ފަންސާސް މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި

looth

ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ލޫޠު މުޙައްމަދު ޙުސައިން އަނެއްކާވެސް އާކޮށްފިއެވެ. ލޫޠު މި ރެކޯޑު އާކޮށްފައިވަނީ މިހާރު ސްކޮޓްލަންޑްގެ ގްލާސްލޯގައި ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި 00:31.54 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ލޫޠެވެ. އެއީ 2025 ވަނަ އަހަރު ރޮމޭނިއާ ގައި ކުރިޔަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކަސް ޖޫނިއަރ ސްވިމިންގް ޗެމްޕިއަންޝިޕްސް ގައި 00:31.81 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި
read more

ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Amna Thazkiyah Mirsaad

އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރްޞާދު އާކޮށްފިއެވެ. ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ 01:02.74 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، 2025 ވަނަ އަހަރު ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި 01:03.67 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި
read more

ހަތަރެއްގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

ހަތަރެއްގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

Maldives Relay Team

ލޯންގްކޯސް ހަތަރެއް ގުނަ ސަތޭކަ މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. އެއީ ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސް ގައި 04:00.64 އިން ރޭސް ނިންމައިގެންނެވެ. މިރޭހުގައި ވާދަކުރި ދިވެހި ޓީމުގައި ހިމެނެނީ، މުޙައްމަދު އާން ޙުސައިން، މުޙައްމަދު ރިޙާން ޝިހާމް، އަމްނާ ތަޒްކިޔާ މިރުޞާދު އަދި މިރާލް ޢައިން ލަތީފް އެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުންވެސް އާކޮށްފައިވަނީ ހަމަ މި ޓީމުންނެވެ. އެއީ 2025 ވަނަ އަހަރު ސިންގަޕޫރުގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި، 04.04.21 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ހަތަރެއްގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
read more

ދުއިސައްތަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އާކޮށްފި

ދުއިސައްތަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އާކޮށްފި

meral ayn latheef

އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. މި ޤައުމީ ރެކޯރޑް މިރާލް އާކޮށްފައިވަނީ މިހާރު ގްލާސްގޯގައި ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސް ގައި 02:25.08 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު ސްޕީޑޯ ތައިލަންޑް އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައި އާމިނަތު ޝަޖަންއެވެ. އެމުބާރާތުގައި ޝަޖަން އިވެންޓު ނިންމާފައިވަނީ 02:25.32 އިންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އާކޮށްފި
read more

ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި

ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި

Mohamed Rihan Shiham

ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ. މި ރެކޯރޑް ރިޙާން އާކޮށްފައިވަނީ މިދިޔަ މަހު ބަޚްރައިންގައި ކުރިޔަށް ދިޔަ ބަޚްރައިން ކަޕް 2026 ގައި 05.11.03 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި ރެކޯރޑް އެންމެފަހުން ވެސް އާކޮށްފައިވަނީ ރިހާން އެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސް ގައި 05.14.03 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި
read more

ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އާން އާކޮށްފި

ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އާން އާކޮށްފި

Mohamed Aan Hussain

ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ހުސައިން އާކޮށްފިއެވެ. އާން މި ރެކޯޑު އާކޮށްފައިވަނީ ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސް ގައި ވާދަކޮށް، 29.18 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން ވެސް އާކޮށްފައިވަނީ އާން އެވެ. އެއީ 2024 ވަނަ އަހަރު ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި ކުރިޔަށްދިޔަ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި 29.51 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އާން އާކޮށްފި
read more

ސަތޭކަ މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި

ސަތޭކަ މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި

Looth Mohamed Hussain

ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ލޫޠު މުޙައްމަދު ޙުސައިން  އާކޮށްފިއެވެ. ލޫޠު މި ރެކޯޑު އާކޮށްފައިވަނީ ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސް ގައި ވާދަކޮށް، 01:10.63 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން ވެސް އާކޮށްފައިވަނީ ލޫޠު އެވެ. އެއީ 2025 ވަނަ އަހަރު ރޮމޭނިޔާ ގައި ބޭއްވުނު 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ޗެމްޕިއަންޝިޕްގައި 01:10.95 އިން އިވެންޓު ނިންމައިގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި
read more

އަންހެނުންގެ ލޯންގްކޯސް ފަންސާސް މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

އަންހެނުންގެ ލޯންގްކޯސް ފަންސާސް މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Sarah Mohamed

އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސާރާ މުޙައްމަދު އާކޮށްފިއެވެ. ބެންކޮކްގައި މިހާރު ކުރިޔަށްދާ 12 ވަނަ އޭޝިޔަން އޭޖް ގްރޫޕް ސްވިމިންގް ޗެމްޕިއަންޝިޕް 2026 ގައި ސާރާ މި ރެކޯޑް އާކޮށްފައިވަނީ 00:35.75 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސާޖިނާ އެވެ. އެއީ، 2016 ވަނަ އަހަރު މެލޭޝިޔާ ގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/ޕްރަމް މެލޭސިއަން އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2016 ގައި 00:37.17 އިން އިވެންޓް ފުރިހަމަ ކޮށްގެނެވެ.


our sponsors and partners

އަންހެނުންގެ ލޯންގްކޯސް ފަންސާސް މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި
read more

އަންހެނުންގެ ލޯންގްކޯސް ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

އަންހެނުންގެ ލޯންގްކޯސް ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Amna Thazkiyah Mirsaad

އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރްޞާދު އާކޮށްފިއެވެ. ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ 01:03.67 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، 2025 ވަނަ އަހަރު ސިންގަޕޫރު ގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 01:04.04 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

އަންހެނުންގެ ލޯންގްކޯސް ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި
read more

އަންހެނުންގެ ލޯންގްކޯސް ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

އަންހެނުންގެ ލޯންގްކޯސް ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Amna Thazkiyah Mirsaad

އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރްޞާދު އާކޮށްފިއެވެ. ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ 00:28.49 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އާއިޝަތު ޢުލްޔާ ޝާއިޤް އެވެ. އެއީ، 2024 ވަނަ އަހަރު އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސް ގައި 00:31.49 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

އަންހެނުންގެ ލޯންގްކޯސް ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި
read more