Swimming Association of MAldives
މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމް ކޮށް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ބާއްވާ އައްޑޫ ޒޯން 9 ވަނަ ރާއްޖެ ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2026 އައްޑޫ ސިޓީ ހިތަދޫގައި ފަށައިފިއެވެ. މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލްފާޟިލް އަލީ ނިޒާރެވެ.
މި މުބާރާތުގެ އިވެންޓުތައް އޮގަސްޓު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 7:30 އިން 10:00 އަށް އަދި ހަވީރު 4:00 އިން 6:00 ކުރިއަށް ދާނެއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 7 ސްކޫލަކުން 135 ފެތުންތެރިން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި އައްޑޫ ހައި ސްކޫލް، ފޭދޫ ސްކޫލް، ގދ އަތޮޅު ތައުލީމީ މަރުކަޒު، ހިތަދޫ ސްކޫލް، މަރަދޫ ސްކޫލް، ސ އަތޮޅު މަދަރުސާ އަދި ޝަރަފުއްދީން ސްކޫލް ހިމެނެއެވެ.
މި މުބާރާތަކީ އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ފުރިހަމަ އެއްބާރުލުމާއި އެކު ބޭއްވިގެންދާ މުބާރާތެކެވެ. އަދި މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީއާއި މޯލްޑިވްސް ރެޑް ކްރެސެންޓުގެ އެއްބާރުލުން ފާހަގަ ކޮށްލެވެއެވެ. މި މުބާރާތުގެ ޑްރިންކްސް ޕާޓްނަރަކީ ބޮން އަކުއާ މޯލްޑިވްސް އެވެ.
our sponsors and partners