އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް 2025 ގައި ބައިވެރިވާ ފެތުންތެރިން ސައުދީ އަރަބިޔާ އަށް ފުރައިފި

އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް 2025 ގައި ބައިވެރިވާ ފެތުންތެރިން ސައުދީ އަރަބިޔާ އަށް ފުރައިފި

Swimming Association of Maldives

2025 ވަނަ އަހަރުގެ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް ގައި ބައިވެރިވާ ފެތުންތެރިންގެ ޓީމު ސައުދީ އަރަބިއްޔާގެ ރިޔާޒް އަށް ފުރައިފިއެވެ.

މި މުބާރާތުގެ ފެތުމުގެ އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުނަރުވެރި ފެތުންތެރިންނަކީ ޢަޔާނާ އަރީފް، މަލައިކާ ލިންދާ ޢިމްރާން، ސާރާ މުޙައްމަދު، ޒައިނަބް ޢަބްދުﷲ ޝަފީގް، ޢަލީ އިމްޢާން، އިޒްޔާން ނާޒިމް، ލޫޠު މުޙައްމަދު ޙުސައިން، މުޙައްމަދު އައިދިން ނިޔާޒް އަދި މުޙައްމަދު ރިޙާން ޝިހާމެވެ.


our sponsors and partners

އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް 2025 ގައި ބައިވެރިވާ ފެތުންތެރިން ސައުދީ އަރަބިޔާ އަށް ފުރައިފި
read more

ބީއެމްއެލް 6 ވަނަ ނޭޝަނަލް ކިޑްސް ފެސްޓިވަލް މިއަދު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ރަސްމީކޮށް ފަށައިފި

ބީއެމްއެލް 6 ވަނަ ނޭޝަނަލް ކިޑްސް ފެސްޓިވަލް މިއަދު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ރަސްމީކޮށް ފަށައިފި

Swimming Association of Maldives

ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ބީއެމްއެލް 6 ވަނަ ނޭޝަނަލް ކިޑްސް ފެސްޓިވަލް މިއަދު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.

މި މުބާރާތުގެ އިވެންޓްތައް މިއަދު ހެނދުނުން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރާ ހަމައަށް ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގައި 7 ކްލަބަކުން، 7 އަހަރާއި 11 އަހަރާ ދެމެދުގެ 364 ކުދިން ވާދަކުރާއިރު، މީގެ ތެރޭގައި 179 އަންހެން ކުދިންނާއި 185 ފިރިހެން ކުދިން ހިމެނެއެވެ. ފެސްޓިވަލްގެ ހަރަކާތްތައް ނޮވެމްބަރު 3 އިން 8 އަށް ހުޅުމާލޭ ސްވިމިންގ ޕޫލްގައި ކުރިއަށްދާނެއެވެ.


our sponsors and partners

ބީއެމްއެލް 6 ވަނަ ނޭޝަނަލް ކިޑްސް ފެސްޓިވަލް މިއަދު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ރަސްމީކޮށް ފަށައިފި
read more

ދުއިސައްތަ މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި

ދުއިސައްތަ މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި

looth

ފިރިހެނުންގެ ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ލޫޠު މުޙައްމަދު ޙުސައިން އާކޮށްފިއެވެ. ބަޙްރައިންގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ލޫޠު މި ރެކޯޑު އާކޮށްފައިވަނީ 02:41.02 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރުގެ އޮގަސްޓު މަހު ބޭއްވި 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އިޒްޔާން ނާޒިމްއެވެ. އިޒްޔާން މި އިވެންޓު ފުރިހަމަކޮށްފައިވަނީ 02:45.21 އިންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި
read more

ފަންސާސް މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިއާ އާކޮށްފި

ފަންސާސް މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިއާ އާކޮށްފި

thazkiyah

އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ބަޙްރައިންގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ތަޒްކިޔާ މި ރެކޯޑު އާކޮށްފައިވަނީ 00:31.49 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ހަނާން ޙުސައިން ޙަލީމް އެވެ. 2024 ވަނަ އަހަރު، ހަނާން މި ރެކޯޑު އާކޮށްފައިވަނީ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 00:31.68 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

ފަންސާސް މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިއާ އާކޮށްފި
read more

ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިއާ އާކޮށްފި

ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިއާ އާކޮށްފި

thazkiyah

އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ބަޙްރައިންގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ތަޒްކިޔާ މި ރެކޯޑު އާކޮށްފައިވަނީ 00:32.57 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، މިދިޔަ އޮގަސްޓުމަހު ރޮމޭނިއާ ގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:32.77 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިއާ އާކޮށްފި
read more

ދުއިސައްތަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިއާ އާކޮށްފި

ދުއިސައްތަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިއާ އާކޮށްފި

thazkiyah

އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ބަޙްރައިންގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ތަޒްކިޔާ މި ރެކޯޑު އާކޮށްފައިވަނީ 02:45.97 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވި އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 02:51.26 އިން ނިންމައިގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިއާ އާކޮށްފި
read more

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ބައިވެރިވާ ފެތުންތެރިން ބަޙްރައިންއަށް ފުރައިފި

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ބައިވެރިވާ ފެތުންތެރިން ބަޙްރައިންއަށް ފުރައިފި

Maldives Olympic Committee

2025 ވަނަ އަހަރުގެ އޭޝިއަން ޔޫތު ގޭމްސް ގައި ބައިވެރިވާ ފެތުންތެރިންގެ ޓީމު ބަޙްރައިން އަށް ފުރައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފެތުމުގެ އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށެވެ. މި ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ހުނަރުވެރި ފެތުންތެރިންނަކީ އަމްނާ ތަޒްކިޔާ މިރުޞާދު، އަޔާނާ އަރީފް، ދާލިޔާ ޢާއިދާ ލަޠީފް، އިޒްޔާން ނާޒިމް، ލޫޠު މުޙައްމަދު ޙުސައިން، މަކީން އަޙްމަދު ޝަކީބު، މަލާއިކާ ލިންދާ ޢިމްރާން، ސާރާ މުޙައްމަދު، ޝައިމް ޙުސައިން އިބްރާހީމް އަދި ޒުކައިން އަބްދުﷲ ޙަނީފެވެ.


our sponsors and partners

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ބައިވެރިވާ ފެތުންތެރިން ބަޙްރައިންއަށް ފުރައިފި
read more

ސަތޭކަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި

ސަތޭކަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި

meral

އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ޔޫކޭގައި ކުރިއަށްދިޔަ ސިޓީ އޮފް ޕްލިމަތު އެނުއަލް ސްވިމް މީޓް 2025 ގައި މިރާލް މިރެކޯޑު އާކޮށްފައިވަނީ 01:13.63 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަންއެވެ. 2021 ވަނަ އަހަރު ބޭއްވި 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ސައުސަން ރޭސް ނިންމާފައިވަނީ 01:14.03 އިންނެވެ.


our sponsors and partners

ސަތޭކަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި
read more

ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި

ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި

meral

އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ޔޫކޭގައި ކުރިއަށްދިޔަ ސިޓީ އޮފް ޕްލިމަތު އެނުއަލް ސްވިމް މީޓް 2025 ގައި މިރާލް މިރެކޯޑު އާކޮށްފައިވަނީ 05:40.64 އިން ރޭސް ނިންމައިގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް މިރާލްއެވެ. އެއީ، މިއަހަރުގެ މެދުތެރޭގައި ބޭއްވި އޭޕީ ރޭސް: ޕްލިމަތު ސަމަރ އޯޕަން 2025 ގައި ވާދަކޮށް، 05:43.81 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި
read more

ހަތަރެއް ގުނަ ފަންސާސް މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފި

ހަތަރެއް ގުނަ ފަންސާސް މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފި

new lagoons team

ފިރިހެނުންގެ ޝޯޓްކޯސް 4 ގުނަ 50 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. އަޒާން އަޒްމީލް ލަޠީފް، އިޒްޔާން ނާޒިމް، އިބްރާހީމް މަޢާދު ސާޖިދު އަދި ލޫތް މުހައްމަދު ހުސެއިން ހިމެނޭ ނިއުލެގޫންސް ސްވިމިންގ ކުލަބުގެ މި ޓީމުން މި ރެކޯޑު އާކޮށްފައިވަނީ ތައިލަންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025 ގައި 01:44.98 އިން ރޭސް ނިންމައިގެންނެވެ.

މިއިވެންޓު އެންމެ ފުރަތަމަ ފެތިކަމަށް ރެކޯޑު ކޮށްފައިވަނީ ހަމަ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައެވެ. އިބްރާހީމް މަޢާދު ސާޖިދު، އިޒްޔާން ނާޒިމް، ލޫތް މުހައްމަދު ހުސެއިން އަދި މުޙައްމަދު ހަމީމް އިބްރާޙިމް ޚަލީލު ހިމެނުނު ޓީމުން މި ރިލޭ އިވެންޓު އެފަހަރު ނިންމާފައިވަނީ 01:47.58 އިން ނެވެ.


our sponsors and partners

ހަތަރެއް ގުނަ ފަންސާސް މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފި
read more