އަންހެނުންގެ ލޯންގްކޯސް ދުއިސައްތަ މީޓަރު އިންޑިވިޖުއަލް މިޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

އަންހެނުންގެ ލޯންގްކޯސް ދުއިސައްތަ މީޓަރު އިންޑިވިޖުއަލް މިޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Amna Thazkiyah Mirsaad

އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރްޞާދު އާކޮށްފިއެވެ. ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ 02:39.86 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިރާލް ޢައިން ލަތީފެވެ. އެއީ، 2025 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު، 22 ވަނަ ވޯލްޑް އެކުއަޓިކްސްް ޗެމްޕިއަންޝިޕްސް ގައި 02:42.46 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

އަންހެނުންގެ ލޯންގްކޯސް ދުއިސައްތަ މީޓަރު އިންޑިވިޖުއަލް މިޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި
read more

އަންހެނުންގެ ލޯންގްކޯސް ސަތޭކަ މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

އަންހެނުންގެ ލޯންގްކޯސް ސަތޭކަ މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Amna Thazkiyah Mirsaad

އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބަަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރްޞާދު އާކޮށްފިއެވެ. ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ 01:12.28 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިރާލް ޢައިން ލަތީފެވެ. އެއީ، 2024 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު، 19 ވަނަ ސިންގަޕޯ ނޭޝަނަލް ސްވިމިންގް ޗެމްޕިއަންޝިޕްސް 2024 ގައި 01:13.96 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

އަންހެނުންގެ ލޯންގްކޯސް ސަތޭކަ މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި
read more

މޯލްޑިވްސް އެކުއަޓިކްސްގެ 2026 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ނޯޓިސް

މޯލްޑިވްސް އެކުއަޓިކްސްގެ 2026 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ނޯޓިސް

logo

މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ގަވައިދުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެމަތިން މިޖަމިއްޔާގެ އަހަރީ ޢާއްމު ޖަލްސާ 5 އޭޕުރީލު 2026 ވާ އާދީއްތަ ދުވަހު މާލޭގައި އޮންނާނެއެވެ. ވީމާ މިޖަލްސާއަށް މިޖަމިއްޔާގެ މެންބަރުންނަށް ދަޢުވަތު އަރުވައި ނޯޓިސްދީ އިޢުލާނު ކުރަމެވެ. ޖަލްސާ ބާއްވާ ތަނާ ވަގުތު ފަހުން އިޢުލާނު ކުރެވޭނެއެވެ.

މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ގަވައިދަށް ގެނައި ބަދަލާއެކު މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީއަށް 3 މެންބަރުން އިންތިޚާބުކުރަންޖެހޭތީ 2026 ވަނައަހަރުގެ އަހަރީ ޢާއްމު ޖަލްސާގައި އަންނަނިވި 3 މަޤާމަށް މެންބަރުން އިންތިޚާބުކުރުން އޮންނާނެ ވާހަކަވެސް އަންގަމެވެ. މިގޮތުން އިންތިޚާބުކުރަން ހަމަޖެހިފައިވާ މަގާމުތަކަކީ:

  1. މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީގައި ކުލަބު ތަމުސީލުކުރާނެ އަންހެން މެންބަރެއް.
  2. މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީ އަށް ފެތުމުގެ ކުޅިވަރުގެ އެތުލީޓުންގެ ތެރެއިން އިންތިޚާބުކުރާ, 2 ޖިންސުން 2 މެންބަރުން.

މޯލްޑިވްސް އެކުއަޓިކުސްގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެތެރެއިން މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މިޖަމިއްޔާގެ ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަމިއްޔާ އަށް ދައްކަންޖެހޭ އަހަރީފީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ދައްކާ މެންބަރުންނަށެވެ.

މޯލްޑިވްސް އެކުއަޓިކްސްގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރީ ކުރާ މެންބަރުންނަށް 2025 ވަނައަހަރުގެ އަހަރީ ރިޕޯޓް، ޖަލްސާގެ ޔައުމިއްޔާ، ބަޖެޓް ރިޕޯޓް ފަދަ ލިޔެކިޔުންތައް ޖަލްސާ ފެށުމުގެ ލަސްވެގެން 7 (ހަތެއް) ދުވަސްކުރިން ހިއްސާކުރާނެއެވެ.

މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ގަވައިދަށް ގެނައި ބަދަލާއެކު މިޖަމިއްޔާގެ ހިންގާ ކޮމިޓީއަށް އިތުރުވާ މެންބަރުން އިންތިޚާބުކުރުންވެސް އަހަރީ ޢާއްމު ޖަލްސާގައި އޮންނާނެއެވެ.

މޯލްޑިވްސް އެކުއަޓިކްސްގެ 2026 ވަނައަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ އެޖެންޑާ

  1. މެންބަރުން ހާޒިރުވުން.
  2. ރޯލްކޯލް އަދި ހާޒިރީ މާަކުކުރުން.
  3. ކީރިތި ޤުރްއާން ކިޔެވުން.
  4. 2025 ވަނައަހަރުގެ އަހަރީ ޖަލްސާގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް، ފައިނޭންޝަލް ރިޕޯޓް، ހުށަހަޅައި ފާސްކުރުން.
  5. 2026 ވަނައަހަރުގެ ބަޖެޓު ފާސްކޮށް ކަލަންޑަރު ހުށަހެޅުން.
  6. މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ އިންތިޚާބު.
  7. މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރާ މެންބަރުންގެ އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރުން.
  8. މެންބަރުންގެ އިތުރު ޚިޔާލު.
  9. ޖަލްސާ ނިންމުން.

އަހަރީފީގެ މަޢުލޫމާތު

  1. އެގްޒެކެޓިވް މެންބަރުން: 500.00
  2. ހިންގާ ކޮމިޓީގެ މެންބަރުން: 300.00
  3. ދާޢިމީ ކުލަބު މެންބަރުން: 1000.00
  4. ދާޢިމީ ވަކިވަކި މެންބަރުން: 100.00

ނޯޓް: 28 ފެބުރުއަރީ 2026 ގެފަހުން އަހަރީ ފީބަލައިގަނެވޭނީ 100.00 ރުފިޔާގެ ޖޫރިމަނާއަކާއެކުގައެވެ. އަހަރީ ފައިސާ ދައްކާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 7704278341001 ނަންބަރު އެކައުންޓަށް އޮންލައިންކޮށެވެ. ފައިސާ ދެއްކުމަށްފަހު 7250707 ނަންބަރަށް ސްލިޕްކޮޅު ފޮނުވަން ވާނެއެވެ. ސްލިޕްކޮޅުގައި މެންބަރުގެ މަޢުލޫމާތު ހިމަނަން ވާނެއެވެ.

ވީމާ މޯލްޑިވްސް އެކުއަޓިކްސްގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން މިނޯޓިހާ އެކުގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކޮށް 26 މާރިޗް 2026 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މޯލްޑިވްސް އެކުއަޓިކްސްގެ 2025 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ އާއި، 2025 ވަނައަހަރުގެ އަހަރީ ރިޕޯޓާއި، އަދި 2025 ވަނައަހަރުގެ ޚަރަދު ރިޕޯޓުގެ އިތުރުން 2026 ވަނައަހަރުގެ ބަޖެޓު މެންބަރުންނާ ހިއްސާކޮށް މެންބަރުން ހުށަހަޅާ ޚިޔާލު ހުށަހަޅާން ފުރުސަތުދިނުމަށް ހަމަޖެހިފައިވާތީ އަހަރީ އާއްމު ޖަލްސާގައި މިދެންނެވި ރިޕޯޓުތަކާ ލިޔެކިޔުންތަކުގެ ތަފުސީލު ހުށަނާޅައި ޚުލާސާ ހުށަހެޅުމަށްފަހު ވޯޓަށް އަހަން ހަމަޖައްސާފައިވާ ވާހަކަވެސް މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.


our sponsors and partners

މޯލްޑިވްސް އެކުއަޓިކްސްގެ 2026 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ނޯޓިސް
read more

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2026 – 2027 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2026 – 2027 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ibbe coach

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ އިން ހިންގާ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 17 ވަނަ އެޑިޝަން’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ ހުޅުވާލާފައެވެ. ވީމާ މިކޯހަށް ޝައުގުވެރިވާ މީހުން، ތިރީގައި ދީފައިވާ ސުންގަޑީގެކުރިން މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
  • މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
  • ބްރޯޝަރ: ޑައުންލޯޑް ލިންކް
  • ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 7 އެޕްރީލް 2026
  • ޝަރުތު:
    1. ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
    2. ކޯޗިންގެ ދާއިރާގައި މެދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
    3. އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.

މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.

ހުށަހަޅަންޖެހޭ ސުންގަޑި: 11 ފެބްރުވަރީ 2026 ގެ 12:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލް info@swimming.org.mv މެދުވެރިކޮށް.

އީމެއިލް އާއިއެކު އެޓޭޗް ކުރައްވަންޖެހޭ ތަކެތި:

  • އެ ކޯޗެއްގެ ސީވީ
  • ކޯޗިންގ ޕޯރޓްފޯލިއޯ (ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތައް އިނގޭނެ ގޮތަށް)
  • ޕްރޮޖެކްޓް ޕްރޮޕޯސަލް (ބްރޯޝަރ ގައިވާގޮތަށް ތައްޔާރުކުރެވިފައިވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ސްކޭން ކޮޕީ
  • މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކުލަ ސްކޭން ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކުލަ ސްކޭން ކޮޕީ
  • ފެތުމުގެ ދާއިރާއިން އަދި ކޯޗިންގ ގެ ދާއިރާއިން ހޯދައިފައިވާ ސެޓްފިކެޓްތައް އަދި ކާމިޔާބީ އަންގައިދޭ ލިޔުންތަކުގެ ކުލަ ސްކޭން ކޮޕީ
  • މިނޫންވެސް، ސީވީގައި ބަޔާންކޮށްފައިވާ ކަންކަން ކަށަވަރުކުރުމަށް ބޭނުންވާ ލިޔުންތައް

our sponsors and partners

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2026 – 2027 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ފަސްދޮޅަސް ހަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2026 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ފަސްދޮޅަސް ހަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2026 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

2026 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 66 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2026 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ ޕާރޓިސިޕަންޓް ސެލެކްޝަންއަށް 1 އަންހެން އަދި 1 ފިރިހެން ކުއްޖެއްގެ ނަން ހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ދިވެހިރާއްޖެ ތަމްޞީލުކުރާ ބައިވެރިން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 09 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 66 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެމްބެސެޑަރސް
  • އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
    ބޭއްވޭ ތަން: ގްރީސް (އޮލިމްޕިއާ، އެތަންސް، ޑެލްފީ)
    ބޭއްވޭޭ ތާރީޚް: 2026 ވަނަ އަހަރުގެ ޖޫން މަހުގެ 6 ން 189 އަށް
  • ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 09 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް
  • ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ޝެންގަން ވިސާ ހެއްދުމަށް އިންޑިއާއަށް ނުވަތަ ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
    • މޯޓިވޭޝަން ލެޓަރ (500 ބަހަށްވުރެ ގިނަ ނުވާނެހެން)
    • ކުރިއަށް ގެންދަން ގަސްތުކުރާ ހަރަކާރްތަކުގެ ޕްލޭން (500 ބަހަށްވުރެ ގިނަ ނުވާނެހެން)
    • ނޮމިނޭޝަން ލެޓަރ.
    • ބަހުގެ ފެންވަރު އަންގައިދޭ ސެޓްފިކެޓް.
    • ޕާސްޕޯޓް ސައިޒުގެ ފޮޓޯ.
    • އެމީހެއްގެ ވަނަވަރު.
    • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
    • ޕާސްޕޯރޓް ސްކޭން (31 ޑިސެމްބަރ 2025 އަށް މުއްދަތު ހަމަނުވާ)
    • އިގުރާރު (ޑިކްލަރޭޝަން އޮފް ކޮންސެންޓް)

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2026 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރު ނުފުރޭ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަން ނުވަތަ އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެންބެސެޑަރސްގެ ސެޝަނެއްގައި މީގެކުރިން ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
  • ދިވެހިރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ހޮވުމުގައި އަންނަނިވި މީހުންނަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުން.

މި ސެސަޝަނުގެ ބައިވެރިންނަށް ބޭނުންވާ އިތުރު މަޢުލޫމާތު (މުޙިއްމު):


our sponsors and partners

ފަސްދޮޅަސް ހަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2026 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

އަންހެނުންގެ ހަތަރުސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

އަންހެނުންގެ ހަތަރުސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Sarah Mohamed

އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ސާރާ މުޙައްމަދު އާކޮށްފިއެވެ. ދުބާއީގައި ކުރިޔަށްދިޔަ ހެމިލްޓަން އަކުއާޓިކްސް ވިންޓަރ ވޮންޑަރ ގައި ސާރާ މި ރެކޯޑު އާކޮށްފައިވަނީ 05:13.78 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ވެސް ސާރާ މުޙައްމަދެވެ. އެއީ، 2025 ވަނަ އަހަރު ދުބާއީގައި ބޭއްވި ހެމިލްޓަން އަކުއާޓިކްސް ޝޯޓްކޯސް ގައި 400 މީޓަރު ފްރީސްޓައިލް އިވެންޓު 05:23.90 އިން ނިންމައިގެންނެވެ.


our sponsors and partners

އަންހެނުންގެ ހަތަރުސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި
read more

ބީ އެމް އެލް 49 ވަނަ ގައުމީ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ބީ އެމް އެލް 49 ވަނަ ގައުމީ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

Nausham / images.mv

ސްވިމިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ބީއެމްއެލް 49 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި އީއޭޑީ ބައިން އެންމެ މޮޅު ފެތުންތެރިއަކަށް އަޝްއަލް ހޮވުނުއިރު، ޖޫނިއާ ބައިގެ އެންމެ މޮޅު ފެތުންތެރިންނަށް ޒާކިން އަޝްރަފް ރަޝީދު އަދި އަމްނާ ތަޒްކިޔާ މިރްޝާދު އަދި ސީނިއަރ ބައިން އެންމެ މޮޅު ފެތުންތެރިންނަށް މުޙައްމަދު ޢާން ހުސައިން އަދި އަޔާނާ އަރީފް ހޮވިއްޖެއެވެ. މީގެ އިތުރުން މާސްޓާސް ބައިން އެންމެ މޮޅު ފެތުންތެރިއަކަށް ހުސައިން މުބާޙް ވަނީ ހޮވިފައެވެ.

މިމަހުގެ 22 އިން 25 އަށް ހުޅުމާލޭ ސްވިމިން ޕޫލްގައި ބޭއްވި މުބާރާތުގައި 9 ކުލަބަކުން 157 ފެތުންތެރިން ވާދަކުރި އެވެ. އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޖޫނިއާ ބަޔާއި ސީނިއާ އަދި މާސްޓާސް ބައިގެ އިތުރުން ޓީމްތަކަށް ހުޅުވާލި ބަޔާ އެކު 146 އިވެންޓެއް ކުރިއަށް ގެންދިޔަ އެވެ.

އީއޭޑީ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް މުޙައްމަދު އަޝްއަލް އާދަމް ހޮވުނުއިރު، ދެވަނަ ލިބުނީ މޫސާ ޖާއިޝް ސަނާއުﷲ ޝަކީބް އަށެވެ. ތިންވަނަ ލިބުނީ އަހްމަދު ދާއީ މިރުޒާ އަށެވެ.

ޖޫނިއާ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ މަގާމު ހޯދީ ޒާކިން އަޝްރަފް ރަޝީދު އެވެ. އަލްފީ ސަމާހް ހަލީމް އަދި މުޙައްމަދު އަލްޔާން ޝިފާން އަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބުނީ އިސްމާއީލް ހާމް ހުސައިން އަށެވެ. އެންމެ މޮޅު އަންހެން ޖޫނިއާ ފެތުންތެރިޔަކަށް ތަޒްކިޔާ ހޮވުނުއިރު، ދެވަނަ ލިބުނީ ދާލިޔާ އަށެވެ. އަދި ތިންވަނައަށް ދިޔައީ މަރިޔަމް އައިރާ ޝިރްނީލް އެވެ.

ސީނިއާ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ޢާން ހޮވުނުއިރު، ދެވަނަ ލިބުނީ ރިހާން އަށެވެ. ތިންވަނަ ލިބުނީ އިބްރާހިމް މާދް އަށެވެ. އަންހެން ސީނިއާ ބައިގެ އެންމެ މޮޅު ފެތުންތެރިއަކަށް އަޔާނާ ހޮވުނުއިރު، ދެވަނަ ހޯދީ ޒައިނަބު އަބްދުﷲ ޝަފީގެވެ. އަދި ތިންވަނައަށް ދިޔައީ އައިޝަތު އަންޖަލް ފަޔާޒެވެ.

މާސްޓާސް ބައިގައި ވާދަކުރީ ފިރިހެން ފެތުންތެރިންނެވެ. މި ބައިގެ އެއްވަނައަށް ދިޔައީ ހުސެއިން މުބާހް އެވެ. މުހައްމަދު އާމިރު ދެވަނަ ހޯދިއިރު ތިންވަނަ ހޯދީ އަހްމަދު ޝަފީގެވެ.

ޓީމް އިވެންޓް ތަކުގެ ބައިން އަންހެން އަދި ފިރިހެން ޗެމްޕިއަން ކަން ވެސް ހޯދައިފައި ވަނީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އިންނެވެ.

ފިރިހެން ދެވަނަ ޓީމަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ހޮވުނުއިރު، ތިންވަނައަށް ހޮވުނީ ފީނާ ސްވިމިން އެކަޑަމީ އެވެ. އަންހެން ދެވަނަ ޓީމަކަށް ހޮވުނީ މޫދު މާލިމީ އެވެ. އަދި ތިންވަނައަށް ހޮވުނީ ފީނާ ސްވިމިން އެކަޑަމީ އެވެ.

މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ބޭންކް އޮފް މޯލަޑިވްސްގެ ފަރާތުންނެވެ.


our sponsors and partners

ބީ އެމް އެލް 49 ވަނަ ގައުމީ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
read more

ބީއެމްއެލް 49 ވަނަ ނޭޝަނަލް ސްވިމިންގ ކޮމްޕެޓިޝަން މިއަދު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ރަސްމީކޮށް ފަށައިފި

ބީއެމްއެލް 49 ވަނަ ނޭޝަނަލް ސްވިމިންގ ކޮމްޕެޓިޝަން މިއަދު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ރަސްމީކޮށް ފަށައިފި

Swimming Association of Maldives

ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ބީއެމްއެލް 49 ވަނަ ނޭޝަނަލް ސްވިމިންގ ކޮމްޕެޓިޝަން މިއަދު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.

މި މުބާރާތުގެ އިވެންޓްތައް މިއަދު މެންދުރުން ފެށިގެން ހުކުރު ދުވަހުގެ ހަވީރާ ހަމައަށް ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގައި 9 ކްލަބަކުން، 157 ފެތުންތެރިން ވާދަކުރާއިރު، މީގެ ތެރޭގައި 47 އަންހެން ފެތުންތެރިންނާއި 110 ފިރިހެން ފެތުންތެރިން ވާދަކުރެއެވެ. މުބާރާތުގެ ހަރަކާތްތައް ޑިސެމްބަރު 22 އިން 26 އަށް ހުޅުމާލޭ ސްވިމިންގ ޕޫލްގައި ކުރިއަށްދާނެއެވެ.


our sponsors and partners

ބީއެމްއެލް 49 ވަނަ ނޭޝަނަލް ސްވިމިންގ ކޮމްޕެޓިޝަން މިއަދު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ރަސްމީކޮށް ފަށައިފި
read more

އަންހެނުންގެ ހަތަރުސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

އަންހެނުންގެ ހަތަރުސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Sarah Mohamed

އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ސާރާ މުޙައްމަދު އާކޮށްފިއެވެ. ދުބާއީގައި މިހާރު ކުރިޔަށްދާ ހެމިލްޓަން އަކުއާޓިކްސް ޝޯޓްކޯސް ގައި ސާރާ މި ރެކޯޑު އާކޮށްފައިވަނީ 05:23.90 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އީން އައްބާސް ޝަރީފެވެ. އެއީ، 2022 ވަނަ އަހަރު ތައިލޭންޑްގައި ބޭއްވި ޝޯޓްކޯސް ސުވިމިންގ ޗެމްޕިއަންޝިޕްސް ގައި 400 މީޓަރު ފްރީސްޓައިލް އިވެންޓު 05:29.88 އިން ނިންމައިގެންނެވެ.


our sponsors and partners

އަންހެނުންގެ ހަތަރުސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި
read more

އަންހެނުންގެ ދުއިސައްތަ މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

އަންހެނުންގެ ދުއިސައްތަ މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Sarah Mohamed

އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސާރާ މުޙައްމަދު އާކޮށްފިއެވެ. ދުބާއީގައި މިހާރު ކުރިޔަށްދާ ހެމިލްޓަން އަކުއާޓިކްސް ވިންޓަރ ވޮންޑަރގައި ސާރާ މި ރެކޯޑު އާކޮށްފައިވަނީ 02:56.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ޙަމްނާ އަހްމަދެވެ. އެއީ، 2024 ވަނަ އަހަރު ހަންގޭރީގައި ބޭއްވި އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްސް ގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 03:00.53 އިން ނިންމައިގެންނެވެ.


our sponsors and partners

އަންހެނުންގެ ދުއިސައްތަ މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި
read more