News & Announcements

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް ފަށައިފި

bml male’ swimming tracl

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ ފެތުމުގެ މުބާރާތް މިއަދު ފަށައިފިއެވެ. 68 އަންހެން ފެތުންތެރިނާއި، 104 ފިރިހެން ފެތުންތެރިންނާއި އެކު ފެށި މި މުބާރާތުގައި ޖުމްލަ 9 ޓީމެއް ވާދަކުރެއެވެ. އެއީ 3 އަންހެން ޓީމާއި، 6 ފިރިހެން ޓީމެވެ.

އަންހެން ޓީމް ކެޓަގަރީ ވާދަކުރާ ކްލަބް ތަކަކީ މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން، ނިއުލެގޫންސް ސްވިމިންގ ކްލަބް އަދި ސްވިމް މޯލްޑިވްސް އެވެ. ފިރިހެން ޓީމް ކެޓަގަރީގައި ވާދަކުރާ ކްލަބް ތަކަކީ މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން، ނިއުލެގޫންސް ސްވިމިންގ ކްލަބް، ބްލޫފިން ސްޕޯރޓްސް، ސްވިމް މޯލްޑިވްސް އަދި ކްލަބް ބޮޑުރިޔާ އެވެ.

ނޮވެމްބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 228 އިވެންޓް ކުރިއަށް ދާނެއެވެ. ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ސްޕޮންސަރ ކޮށްފައިވާ މި މުބާރާތުގައި ޖުމްލަ ފަސް ކެޓަގަރީއެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ޖޫނިއަރ، ސީނިއަރ، މާސްޓަރސް އަދި ޚާއްސައެހީއަށް ބޭނުންވާ ފެތުންތެރިންގެ އޯޕަން ކެޓަގަރީ އާއި، ޓީމް ކެޓަގަރީ އެވެ.

މި މުބާރާތާއި ގުޅުވައިގެން ތުއްތު ކުދިންނަށް ޚާއްސަ ފެސްޓިވަލެއް ވަނީ މީގެ ކުރިން ކުރިއަށް ގެންގޮސްފައެވެ. އެ ފެސްޓިވަލްގައި 198 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.


our sponsors and partners

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް ފަށައިފި