News & Announcements

National Swimming Squads for 2015 Announced

2015 ވަނަ އަހަރު، ފެތުމުގެ ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ފެތުންތެރިން ޢިއުލާންކޮށްފި


National Squads 2015

2015 ވަނަ އަހަރު، ފެތުމުގެ ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ފެތުންތެރިން ޢިއުލާންކުރުމުގެ ރަސްމިއްޔާތު ބޭއްވީ، 21 ފެބްރުއަރީ 2015 ވީ ހުކުރު ދުވަހުގެ 16:00ގައި، ނަންބަރ 5 އިވެންޓް ހޯލް ގައެވެ. މި ރަސްމިއަޔާތު ޝަރަފްވެރު ކޮށްދެއްވުމަށް ވަޑައިގެންނެވީ ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަދީމް އެވެ.

މިއަހަރުގެ ފެތުމުގެ ޤައުމީ ސީނިއަރ ފިރިހެން ސްކޮޑްގައި 10 ފެތުންތެރިން ވަނީ ހިމެނިފައެވެ. އަދި، ސީނިއަރ އަންހެން ސްކޮޑްގައި 7 ފެތުންތެރިން ވަނީ ހިމެނިފައެވެ. ޖޫނިއަރ ފިރިހެން ސްކޮޑްގައި 5 ފެތުންތެރިން ހިމެނިފައިވާއިރު، ޖޫނިއަރ އަންހެން ސްކޮޑްގައި ހިމެނުނީ 3 ފެތުންތެރިންނެވެ.

ރާއްޖޭގެ ފެތުމުގެ ޤައުމީ ސްކޮޑްތަކުގައި ހިމެނުނު ފެތުންތެރިންގެ ތެރެއިން ބައެއްފެތުންތެރިންނަކީ އަވައްޓެރި ސްރީލަންކާގައި މިހާރުވެސް ތަމްރީންތައް ފުރިހަމަކުރަމުންދާ ފެތުންތެރިންނެވެ.

2015 އަދި 2016 ވަނަ އަހަރުގެ ފެތުމުގެ ޤައުމީ ސްކޮޑްތައް ސްޕޮންސަރ ކޮށްފައިވަނީ ސޮނީ ސްޕޯރޓްސްއިން ރާއްޖޭގައި މާރކެޓްކުރާ އެރީނާ ބްރޭންޑްގެ ފަރާތުންނެވެ. އެރީނާ އަކީ، ސްވިމިންގ ގިއަރ އުފެއްދުމަށް މިހާރު އެންމެ ކުރީ ސަފުގައި ގުނާލެވޭ ޔޫރަޕިއަން ބްރޭންޑެކެވެ. އަދި ދުނިޔޭގެ ފެތުމުގެ ކުޅިވަރުތަކުގެ ޤައުމީ ޖަމުއިއްޔާ، ފީނާގެ އޮފިޝަލް ސްޕޮންސަރ އަދި ޓެކްނިކަލް ޕާރޓްނަރ އެއްގެގޮތުގައި 2014 ން 2019 އަށް ހަމަޖައްސާފައިވަނީވެސް އެރީނާއެވެ.


National Senior Squad 2015

Women

  1. Aminath Shajan
  2. Aishath Anha Haisham
  3. Aishath Sajina
  4. Fathimath Zuhura Ismail
  5. Hamna Ahmed
  6. Aishath Zeeba Hamid
  7. Eema Mohamed Fahmee

Men

  1. Mubal Azzam Ibrahim
  2. Mohamed Nazran Nazeer
  3. Nishwan Ibrahim
  4. Hassan Ashraf
  5. Mohamed Zayan Saneef
  6. Abdulla Zair
  7. Mohamed Navvar Ibrahim
  8. Aal Ulwan
  9. Mohamed Muthasim Adnan
  10. Ismail Muthasim Adnan


National Junior Squad 2015

Women

  1. Fathimath Zuha Ziyad
  2. Mariya Mohamed Rishwan
  3. Thoola Abdul Haseeb

Men

  1. Ahmed Maaniu Hussain
  2. Ibrahim Anaan
  3. Ahmed Mijadh Naseer
  4. Mohamed Aloof Ahmed
  5. Muhammad Maan Hamid

 


Sponsored by:

Sponsor - Arena Banner

Marketed in Maldives By:

Sonee Sports

National Swimming Squads for 2015 Announced