ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ހަނާން އައުކޮށްފި

hanan

މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އަންހެނުންގެ ލޯންގކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް ޙަނާން ޙުސައިން ޙަލީމް އައުކޮށްފިއެވެ. ޙަނާން މި ރެކޯރޑް އައުކޮށްފައިވަނީ 01.16.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މިއަހަރު ކުރީކޮޅު ބޭއްވުނު އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް މިރާލް އައިން ލަތީފް، 100 މީޓަރ ބަޓަރފްލައި އިވެންޓު 01.17.89 އިން ނިންމައިގެންނެވެ.

މިއީ މިމުބާރާތުގައި ދިވެހި ފެތުންތެރިން އައުކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ހަނާން އައުކޮށްފި