ލޯންގކޯސް 200 މީޓަރު އަދި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑް މިރާލް އާކޮށްފި

meral

ޔޫކޭ ގައި ކުރިއަށްދާ ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް، ލޯންގކޯސް 200 މީޓަރ އަދި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މިރާލް އާކޮށްފައިވަނީ 02.50.29 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. އަދި، 400 މީޓަރ އިންޑީވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 06.09.10 އިން ރޭސް ނިންމައިގެންނެވެ.

މީގެތެރެއިން 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް މިރާލް އެވެ. މިދިޔަ އަހަރުބޭއްވުނު އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް 2023 ގައި މިރާލް މި އިވެންޓު ފުރިހަމަކޮށްފައިވަނީ 06.17.47 އިންނެވެ.

200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް 2024 ގައި އަމްނާ ތަޒްކިޔާ މިރުޞާދެވެ. ތަޒްކިޔާ އެފަހަރު މި އިވެންޓު ނިންމާފައިވަނީ 02.53.20 އިންނެވެ.


our sponsors and partners

ލޯންގކޯސް 200 މީޓަރު އަދި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑް މިރާލް އާކޮށްފި