ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފި

meral

މިހާރު ކުރިއަށްދާ 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި، އަންހެނުންގެ (ލޯންގކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަޠީފް އައުކޮށްފިއެވެ. މިރެކޯރޑް މިރާލް އައުކޮށްފައިވަނީ 01.20.80 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މީގެ 18 އަހަރު ކުރިން، 2004 ވަނަ އަހަރު ބޭއްވުނު 9 ވަނަ ސައުތު އޭޝިއަން ފެޑަރޭޝަން ގޭމްސް (ސާފް ގޭމްސް) ގައި އައިޝަތު ސައުސަން އެވެ. އެފަހަރު ސައުސަން އިވެންޓް ފުރިހަމަކޮށްފައިވަނީ 01.21.81 އިންނެވެ.


our sponsors and partners

ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފި