އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2023 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހު ބުޑަޕެސްޓް (ހަންގޭރީ) ގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައި.ސީ.ސީ) ގައި އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ބައިވެރިވުމަށް އެއްނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 21 ޖުލައި 2023 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް (info@swimming.org.mv) މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ މަޢުލޫމާތު:

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް
  • ކޯހުގެ ތާރީޚް: 2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 2 އިން ފެށިގެން 1 ޑިސެމްބަރ 2023 ގެ ނިޔަލަށް
  • ކޯސް ހިންގޭ ޔުނިވަރސިޓީ އަދި ސިޓީ: ހަންގޭރިއަން ޔުނިވަރސިޓީ އޮފް ސްޕޯރޓްސް ސައިންސް
  • ކޯހުގެފީ: އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ހިލޭ
  • އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ޖާގައިގެ ޢަދަދު: ދިވެހިރާއްޖެއިން 1 ފަރާތަށް
  • ސްވިމިންގ އެސޯސިއޭޝަނުން މި ސްކޮލަރޝިޕްއަށް ހުށެހެޅޭނެ ނަމުގެ ޢަދަދު: 1
  • އިތުރު މަޢުލޫމާތު: https://tf.hu/en/students/future-students/international-coaching-course

ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • 18 އަހަރުން މަތީގެ މީހަކަށްވުން.
  • ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޚާނުން އިނގިރޭސި މިމާއްދާއިން ދަށްވެގެން ސީ ފާސް ނުވަތަ މިއަށްވުރެ މަތީ ފާހެއް ލިބިފައިވުމާއި، އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގުން.
  • މަދުވެގެން 2 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • މީގެ ކުރިން، މިފަދަކޯހެއްގައި ބައިވެރިވެފައިވާ ކޯޗެއްކަމުގައި ނުވުން.

ސްވިމިންގ އެސޯސިއޭޝަނުން މި ކޯހަށް ހުށަހަޅާ ނަން ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް އިސްކަންދެވޭނެއެވެ.

  • ސްވިމިންގ ކޯޗިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތައް.
  • ޤައުމީ ސީނިއަރ ނުވަތަ ޖޫނިއަރ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދޭ ކޯޗުންނަށް އިސްކަންދިނުން.
  • ފެތުންތެރިން އުފެއްދުމަށާއި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ ޚިދުމަތް އަދި ކުރަމުންދާ މަސައްކަތް.
  • 5 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ ކޯޗުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިކޯހުގައި ބައިވެރިވެ، ސްކޮލަރޝިޕްއަށް އެދި ހުށަހަޅާ ސިޓީ (އިނގިރޭސިބަހުން)
  • ސީވީ (އިނގިރޭސި ބަހުން)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ސްކޭން
  • ޕާސްޕޯޓްގެ ކުލަ ސްކޭން
  • ޕާސްޕޯރޓް ސައިޒް ފޮޓޯ ގެ ސޮފްޓް ކޮޕީ
  • ކޮވިޑް 19 ވެކްސިން ޖެހިކަމުގެ ލިޔުން (ވެކްސިން ޖަހާފައިވާނަމަ)

ސުންގަޑި: 21 ޖުލައި 2023 ވާ ހުކުރު ދުވަހުގެ 18:00

ހަންގޭރީއަށް ދިޔުމަށް ބޭނުންވާ ވިސާ:

ވިސާގެ ކަންކަމަށް ކޯސްފެށުމުގެ ކުރިން ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީގެ ސްކޮލަރޝިޕް ލިބޭފަރާތަކަށް ވިސާގެކަންކަމުގެ ހުރިހާ ޚަރަދެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހަމަޖައްސައި ދޭނެއެވެ. ނަމަވެސް، ވިސާ އެޕްލިކޭޝަން އާއި، ވިސާގެ ކަންކަން ހަމަޖެއްސުމުގެ ހުރިހާ ޒިންމާއެއް ނަގަންވާނީ އެޕްލިކަންޓެވެ.

ވީމާ، ކޯޗުންނާއި މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.


our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2023 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު