ސަތޭކަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

imaan

ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް – ފުކުއޯކާ 2023 ގައި ފިރިހެނުންގެ ލޯންގކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. މި މުބާރާތުގައި އިމްޢާން ވަނީ 01.04.98 އިން މި އިވެންޓު ފުރިހަމަކޮށްފައެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މުޙައްމަދު އާން ޙުސައިންއެވެ. އެއީ 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 100 މީޓަރ ބެކްސްޓްރޯކް އިވެންޓު 01.05.77 އިން ނިންމައިގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި