ދުއިސައްތަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިޙާން އައުކޮށްފި

rihan

ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް – ފުކުއޯކާ 2023 ގައި ފިރިހެނުންގެ ލޯންގކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އައުކޮށްފިއެވެ. މި މުބާރާތުގައި ރިޙާން މި އިވެންޓު ފުރިހަމަކޮށްފައި ވަނީ 02.32.93 އިންނެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް ރިޙާން އެވެ. އެއީ 2022 ވަނަ އަހަރު ބޭއްވުނު 8 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ޗެމްޕިއަންޝިޕްސްގައި 200 މީޓަރ ބަޓަރފްލައި އިވެންޓު 02.34.06 އިން ނިންމައިގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިޙާން އައުކޮށްފި