ދުއިސައްތަ މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފި

meral

ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް – ފުކުއޯކާ 2023 ގައި އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަޠީފް އައުކޮށްފިއެވެ. މިއިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފައިވަނީ 03.05.69 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް މިރާލްއެވެ. އެއީ މިއަހަރު ތައިލަންޑްގައި ބޭއްވުނު އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 03.06.78 އިން މިއިވެންޓު ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފި