ހަތަރެއް ގުނަ ސަތޭކަ މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފި

fukuoka 2023  team

ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް – ފުކުއޯކާ 2023 ގައި ލޯންގކޯސް 4 ގުނަ 100 މީޓަރ މިކްސްޑް މެޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ. މި ރެކޯރޑް ދިވެހި ޓީމުން އައުކޮށްފައިވަނީ 04.50.64 އިން ރޭސް ނިންމައިގެންނެވެ. ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ ޢަލީ އިމްޢާން، ޙަމްނާ އަޙްމަދު، މުޙައްމަދު ރިޙާން ޝިހާމް އަދި މިރާލް ޢައިން ލަތީފް އެވެ.

މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 04.56.79 އިން ރޭސް ނިންމައިގެންނެވެ. އެފަހަރުގެ ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ ޢަލީ އިމްޢާން ގެ އިތުރުން އައިޝަތު ސައުސަން، އައިޝަތު ސާޖިނާ އަދި މުބާލް ޢައްޒާމް އިބްރާޙީމެވެ.


our sponsors and partners

ހަތަރެއް ގުނަ ސަތޭކަ މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފި