ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ހަނާން އައުކޮށްފި

hanan

މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް ޙަނާން ޙުސައިން ޙަލީމް އައުކޮށްފިއެވެ. ޙަނާން މި ރެކޯރޑް އައުކޮށްފައިވަނީ 00.32.15 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މީގެ 16 އަހަރު ކުރިން ބޭއްވުނު ފުރަތަމަ ސައުތު އޭޝިއާ ސްވިމިންގ އެންޑް ވޯޓަރޕޯލޯ ޗެމްޕިއަންޝިޕްސް 2007 ގައި، ފާތިމަތު ރޫޔާ ޙުސައިން އެވެ. އެފަހަރު ރޫޔާ ޤައުމީ ރެކޯރޑް އައުކުރީ 00.32.24 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއީ މިމުބާރާތުގައި ހަނާން އައުކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ. ދިވެހި ޓީމުން ވަނީ މިހާތަނަށް 4 ޤައުމީ ރެކޯރޑެއް އައުކޮށްފައެވެ.

 


our sponsors and partners

ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ހަނާން އައުކޮށްފި