ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި

aan

މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ފިރިހެނުންގެ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ. އާން މި ރެކޯރޑް އައުކޮށްފައިވަނީ 00.27.23 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް އާން އެވެ. އެއީ 2022 ވަނަ އަހަރު ބޭއްވި 8 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 00.27.25 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިމުބާރާތުގައި ދިވެހި ޓީމުން ވަނީ މިހާތަނަށް 5 ޤައުމީ ރެކޯރޑެއް އައުކޮށްފައެވެ.


our sponsors and partners

ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި