ފިރިހެނުންގެ ހަތަރެއް ގުނަ ސަތޭކަ މީޓަރ މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި

relay team men ioig 2023

މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ލޯންގކޯސް ފިރިހެނުންގެ 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ދިވެހި ފެތުންތެރިން އައުކޮށްފިއެވެ. މިޤައުމީ ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، މުޙައްމަދު ރިޙާން ޝިހާމް އަދި މުބާލް ޢައްޒާމް އިބްރާޙީމެވެ. މިފެތުންތެރިން ރޭސް ނިންމާފައިވަނީ 04.29.42 އިންނެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި 04.38.75 އިން ރޭސްނިންމައިގެންނެވެ. އެފަހަރު ޤައުމީ ރިކޯރޑް އައުކުރި ރިލޭ ޓީމުގައި ހިމެނުނީ އަބްދުﷲ ނާވީ އަޙްމަދު، އިބްރާޙީމް މައިޝާން ޝަމީމް، އަލީ އިމްޢާން އަދި ޙުސައިން ހާއިޝް ޙަސަން އެވެ.

މިއީ މިމުބާރާތުގައި ދިވެހި ފެތުންތެރިން އައުކުރި 7 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ފިރިހެނުންގެ ހަތަރެއް ގުނަ ސަތޭކަ މީޓަރ މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި