ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި

sausan

މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފިއެވެ. ސައުސަން މި ރެކޯރޑް އައުކޮށްފައިވަނީ 00.34.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މިދިޔައަހަރު ބޭއްވުނު ކޮމަންވެލްތު ގޭމްސްގައި، ޙަމްނާ އަޙްމަދެވެ. އެފަހަރު ޙަންމާ ޤައުމީ ރެކޯރޑް އައުކުރީ 00.34.51 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއީ މިމުބާރާތުގައި ދިވެހި ޓީމުން އައުކުރި 8 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި