ފިރިހެނުންގެ ހަތަރެއް ގުނަ ދުއިސައްތަ މީޓަރފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި

relay team men ioig 2023

މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ލޯންގކޯސް ފިރިހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ދިވެހި ފެތުންތެރިން އައުކޮށްފިއެވެ. މިޤައުމީ ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، މުޙައްމަދު ރިޙާން ޝިހާމް އަދި މުބާލް ޢައްޒާމް އިބްރާޙީމެވެ. މިފެތުންތެރިން ރޭސް ނިންމާފައިވަނީ 08.48.87 އިންނެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 09.41.96 އިން ރޭސްނިންމައިގެންނެވެ. އެފަހަރު ޤައުމީ ރިކޯރޑް އައުކުރި ރިލޭ ޓީމުގައި ހިމެނުނީ އިސްމާޢީލް މުޢުތަސިމް އަދްނާން، މުޙައްމަދު ނަޒްރާން ނަޒީރު، ޙަސަން އަޝްރަފް އަދި މުބާލް އައްޒާމް އިބްރާޙީމެވެ.

މިއީ މިމުބާރާތުގައި ދިވެހި ފެތުންތެރިން އައުކުރި 9 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ފިރިހެނުންގެ ހަތަރެއް ގުނަ ދުއިސައްތަ މީޓަރފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި