ދުއިސައްތަމީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މިރާލް އާކޮށްފި

meral

ޗައިނާގެ ހަންގޖޯ ގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ލޯންގކޯސް، އަންހެނުންގެ 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަޠީފް އާކޮށްފިއެވެ. މިޤައުމީ ރެކޯރޑް މިރާލް އާކޮށްފައިވަނީ 03.04.45 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

200 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް މިރާލް އެވެ. އެއީ މިއަހަރު ޖަޕާނުގެ ފުކުއޯކާގައި ބޭއްވުނު 20 ވަނަ ވޯރލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 03.05.69 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

ދުއިސައްތަމީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މިރާލް އާކޮށްފި