ސަތޭކަ މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އާކޮށްފި

mubal

ޗައިނާގެ ހަންގޖޯ ގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ފިރިހެނުންގެ ލޯންގކޯސް، 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް ޢައްޒާމް އިބްރާޙީމް އާކޮށްފިއެވެ. މި މުބާރާތުގައި މުބާލް މި އިވެންޓު ފުރިހަމަކޮށްފައިވަނީ 01.14.73 އިންނެވެ.

މި ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ މީގެ 17 އަހަރުކުރިން ބޭއްވުނު 10 ވަނަ ސައުތު އޭޝިއަން ފެޑަރޭޝަން ގޭމްސްގައި ޙަސަން އަޝްރަފް އެވެ. އެއީ 01.16.33 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އާކޮށްފި