ދުއިސައްތަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އާކޮށްފި

mubal

ފިރިހެނުންގެ ލޯންގ ކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް ޢައްޒާމް އިބްރާޙީމް އާކޮށްފިއެވެ.

ޗައިނާގެ ހަންގޖޯ ގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި މުބާލް މިޤައުމީ ރެކޯރޑް އާކޮށްފައިވަނީ ފްރީސްޓައިލް ރިލޭ އިވެންޓްގައި 200 މީޓަރ ލެންތު 02.08.22 އިން ފުރިހަމަކޮށްގެންނެވެ.

200 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް މުބާލްއެވެ. އެއީ 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 02.09.06 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އާކޮށްފި