ފިރިހެނުންގެ ހަތަރެއްގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފި

maldives team

ޗައިނާގެ ހަންގޖޯ ގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ލޯންގކޯސް ފިރިހެނުންގެ 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓު 04.25.69 އިން ނިންމައި، ޤައުމީ ރެކޯރޑް އާކޮށްފިއެވެ. މި ރިކޯރޑް އައުކުރި ޓީމުގައި ހިމެނެނީ މުޙައްމަދު ރިޙާން ޝިހާމް، މުބާލް ޢައްޒާމް އިބްރާޙީމް، އިމްޢާން ޢަލީ އަދި އަޙްމަދު ނީޤް ނިޔާޒެވެ.

މި ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ނިމިދިޔަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 04.29.42 އިން ރޭސް ނިންމައިގެންނެވެ. އެފަހަރު މި އިވެންޓު ފެތި ޓީމުގައި ހިމެނުނީ މުޙައްމަދު ރިޙާން ޝިހާމް، މުބާލް ޢައްޒާމް އިބްރާޙީމް، އިމްޢާން ޢަލީ އަދި މުޙައްމަދު އާން ޙުސައިންއެވެ.


our sponsors and partners

ފިރިހެނުންގެ ހަތަރެއްގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފި