ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އާކޮށްފި

meral

ޗައިނާގެ ހަންގޖޯ ގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ލޯންގކޯސް އަންހެނުންގެ 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އައިން ލަތީފް އާކޮށްފިއެވެ. މިޤައުމީ ރެކޯރޑް މިރާލް އާކޮށްފައިވަނީ 01.13.99 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ޙަނާން ޙުސައިން ޙަލީމެވެ. އެއީ ނިމިދިޔަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 01.16.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އާކޮށްފި