ފެތުމުގެ ޖޫނިއަރ ފިރިހެން ޓީމު ރިހި މެޑަލް އަދި ސީނިއަރ ފިރިހެން ޓީމު ލޯ މެޑަލް ހޯދައިފި

ޝްރީލަންކާގެ ކެންޑީގައި މިހާރު ކުރިޔަށްދާ އެ ޤައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއަރ ޝޯޓްކޯސް މުބާރާތުގައި މިއަދު ރާއްޖޭގެ ފިރިހެން ޖޫނިއަރ ޓީމު ރިހި މެޑަލް އަދި ސީނިއަރ ފިރިހެން ޓީމު ލޯ މެޑަލް ހޯދައިފިއެވެ. މި 2 ޓީމުވެސް މެޑަލް ހޯދާފައިވަނީ ހަތަރެއް ގުނަ ސަތޭކަ މީޓަރު މެޑްލީ ރިލޭ އިންނެވެ.

ޝްރީލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިންގ ޕޫލުގައި މިއަދު ކުރިޔަށް ދިޔަ އިވެންޓް ތަކުގައި ދިވެހި ފެތުންތެރިންގެތެރެއިން ޖޫޏިއަރ ފިރިހެން ޓީމު ރިހި މެޑަލް ހޯދީ ލަންކާގެ ކޮލެޖްތަކާ އެކިއެކި ކުލަބުތައް ހިމެނޭގޮތުން 9 ޓީމަކާ ވާދަކޮށްގެންނެވެ. އަދި ސީނިއަރ ފިހެން ޓީމު ލޯ މެޑަލް ހޯދީ ލަންކާގެ އެންމެ ވަރުގަދަ މޮޅެތި ފެތުންތެރިން ހިމެނޭހެން އެކިއެކި ކުލަބުތަކާ ކޮލެޖްތަކުން 14 ޓީމަކާ ވާދަކޮށްގެންނެވެ.

މިމަހު 26 ން 30 އަށް ކުރިޔަށްދާ މިމުބާރާރުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއަރ ނެޝަނަލް ފިރިހެން އަދި ނެޝަނަލް އަންހެން ފިރިހެން ބައިގައެވެ. މި 4 ބައިގައި އެކު ޖުމުލަ ދިވެހި 25 ފެތުންތެރިން މިމުބާރާތުގައި ވާދަކުރެއެވެ.

މިމުބާރާތުގައި މިއަދު ކުރިޔަށްގެންގޮސްފައިވާ 400 މީޓަރު ފްރީސްޓައިލް ޖޫނިއަރ އަންހެން އިވެންޓުން ދިވެހި ފެތުންތެރިޔާ ލައިބާ ޙަސަންމަނިކު ރޭސް ނިންމީ ރޭހުގައި ބައިވެރިވި 14 ފެތުންތެރިންގެތެރެއިން 12 ވަނައަށެވެ. ޖޫނިއަރ ފިރިހެން 400 މީޓަރު ފްރީސްޓައިލްގައި ވާދަކުރިން 12 ފިރިހެން ފެތުންތެރިންގެތެރެއިން ދިވެހި ފެތުންތެރިޔާ ޔާސީން މުޙައްމަދު ޔޫސުފް ރޭސް ނިންމށާފައިވަނީ 6 ވަނަ އަށެވެ. ސީނިއަރ ނެޝަނަލް ފިރިހެން ފެތުންތެރިންގެ ބައިގައި ވާދަކުރި 23 ފެތުންތެރިންގެތެރެއިން 400 މީޓަރު ފްރީސްޓައިލް ރޭސް މުޙައްމަދު ރިހާން ޝިހާމް ނިންމާފައިވަނީ 12 ވަނައަށެވެ.

މިމުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖްތަކުން ޖުމުލަ 49 ޓީމު ބައިވެރިވެއެވެ.


our sponsors and partners

ފެތުމުގެ ޖޫނިއަރ ފިރިހެން ޓީމު ރިހި މެޑަލް އަދި ސީނިއަރ ފިރިހެން ޓީމު ލޯ މެޑަލް ހޯދައިފި