meral
ޔޫކޭގައި ކުރިއަށްދިޔަ މިޑްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރ ގައި އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ، 100 މީޓަރ އަދި 200 މީޓަރ ބަޓަރފްލައި އަދި 200 މީޓަރ މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އައިން ލަތީފް އާކޮށްފިއެވެ. މީގެތެރެއިން 50 މީޓަރ ބަޓަރފްލައި އިވެންޓު ނިންމާފައިވަނީ 00.32.56 އިންނެވެ. އަދި 100 މީޓަރ ބަޓަރފްލައި އިވެންޓް 01.14.76 އިން ނިންމާފައިވާއިރު، 200 މީޓަރ ބަޓަރފްލައި އިވެންޓް ފުރިހަމަކޮށްފައިވަނީ 02.54.52 އިންނެވެ. 200 މީޓަރ މެޑްލޭ އިވެންޓުގެ ވަގުތަކީ 02.48.74 އެވެ.
ޝޯރޓްކޯސް 200 މީޓަރ މެޑްލޭ އިވެންޓު އެންމެފަހުން އާކޮށްފައިވަނީ 2023 ވަނަ އަހަރު ހަންގޭރީގައި ބޭއްވުނު އެގައުމުގެ ޝޯރޓްކޯސް ޤައުމީ މުބާރާތުގައި 02.55.12 އިން ރޭސް ފުރިހަމަކޮށްގެން ހަމްނާ އަޙްމަދެވެ. 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ އާމިނަތު ރޫޔާ ޙުސައިންއެވެ. އެއީ، 2008 ވަނަ އަހަރު ބޭއްވުނު 8 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 00.32.78 އިން ރޭސް ނިންމައިގެންނެވެ.
100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަންއެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވުނު 14 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 01.23.16 އިން ރޭސް ނިންމައިގެންނެވެ.
our sponsors and partners