ސަތޭކަ މީޓަރު ބްރެސްޓްސްޓްރޯކްގެ ޤައުމީ ރެކޯރޑް މުބާލް އާކޮށްފި

mubal

ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާހީމް އާކޮށްފިއެވެ. ޤަޠަރުގެ ދޯހާގައި ކުރިއަށް ދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މުބާލް މި ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 01:14.58 އިން ރޭސް ނިންމައިގެންނެވެ.

100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް މުބާލް އެވެ. އެއީ މިދިޔަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައި 01:14.73 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރު ބްރެސްޓްސްޓްރޯކްގެ ޤައުމީ ރެކޯރޑް މުބާލް އާކޮށްފި