ހަތަރުސަތޭކަ މީޓަރ ފްރީސްޓައިލް ރޭހުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި

rihan

ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިހާން ޝިހާމް އާކޮށްފިއެވެ. ޤަޠަރުގެ ދޯހާގައި ކުރިއަށް ދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރިހާން މި ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 04:31.96 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ މުބާލް އައްޒާމް އިބްރާޙީމް، 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައެވެ. އެފަހަރު މުބާލް މިއިވެންޓް ނިންމާފައިވަނީ 04:48.44 އިންނެވެ.

މިއީ ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ހަތަރުސަތޭކަ މީޓަރ ފްރީސްޓައިލް ރޭހުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި