ދުއިސައްތަ މީޓަރ ފްރީސްޓައިލް ރޭހުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި

rihan

ފިރިހެނުންގެ ލޯންގކޯސް 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިހާން ޝިހާމް އާކޮށްފިއެވެ. ޤަޠަރުގެ ދޯހާގައި ކުރިއަށް ދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރިހާން މި ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 02.06.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ މުބާލް އައްޒާމް އިބްރާޙީމް އެވެ. އެއީ ވޭތުވެދިޔަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައި މިއިވެންޓް 02:08.22 އިން ނިންމައިގެންނެވެ.

ރިހާން ވަނީ މިމުބާރާތުގައި ފެތި އިންޑިވިޖުއަލް 2 އިވެންޓުންވެސް ޤައުމީ ރެކޯރޑް އާކޮށްފައެވެ. މިއީ ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި 3 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ފްރީސްޓައިލް ރޭހުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި