ފަންސާސް މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އާކޮށްފި

mubal

ފިރިހެނުންގެ ލޯންގކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙިމް އާކޮށްފިއެވެ. ޤަޠަރުގެ ދޯހާގައި ކުރިއަށް ދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މުބާލް މި ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 00:33.24 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް މުބާލްއެވެ. އެއީ، މިދިޔައަހަރު ބޭއްވުނު 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 00:34.00 އިން ފަތައިގެންނެވެ.

މުބާލް މިމުބާރާތުގައި ވަނީ މިހާތަނަށް 2 ޤައުމީ ރެކޯރޑެއް އާކޮށްފައެވެ. މިއީ ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި 4 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ފަންސާސް މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އާކޮށްފި