ހަތަރެއްގުނަ 100 މީޓަރު މެޑްލޭ މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފި

mixed relay team

ލޯންގކޯސް 4 ގުނަ 100 މީޓަރ މެޑްލޭ މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ދިވެހި ފެތުންތެރިން އާކޮށްފިއެވެ. މިހާރު ޤަޠަރުގެ ދޯހާގައި ކުރިއަށް ދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މި ރެކޯރޑް ދިވެހި ފެތުންތެރިން އާކޮށްފައިވަނީ 04:41.83 އިން ރޭސް ނިންމައިގެންނެވެ. މިފަހަރުގެ ރެކޯރޑް އާކުރި ޓީމުގައި ހިމެނެނީ ހަމްނާ އަޙްމަދު، މުބާލް ޢައްޒާމް އިބްރާޙީމް، މުޙައްމަދު ރިހާން ޝިހާމް އަދި އައިޝަތު އުލްޔާ ޝާއިޤް އެވެ.

މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައެވެ. އޭޝިއަން ގޭމްސްގައި އާކޮށްފައިވާ މިރެކޯރޑްގެ ވަގުތަކީ 04:48.51 އެވެ. އެފަހަރު ގެ ޓީމުގައި ހިމެނުނީ މުބާލް އައްޒާމް އިބްރާޙީމް، އިމްޢާން ޢަލީ، ހަމްނާ އަޙްމަދު އަދި ހަނާން ޙުސައިން ޙަލީމް އެވެ.

މިއީ ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި 5 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ހަތަރެއްގުނަ 100 މީޓަރު މެޑްލޭ މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފި