ފަންސާސް މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢުލްޔާ އާކޮށްފި

ulya

ލޯންގކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަތު ޢުލްޔާ ޝާއިޤް އާކޮށްފިއެވެ. ޤަޠަރުގެ ދޯހާ ގައި ކުރިއަށްދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ޢުލްޔާ މި ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 00:29.47 އިން ރޭސް ނިންމައިގެންނެވެ.

މި ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2007 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ސައުތު އޭޝިއާ ސްވިމިންގ އެންޑް ވޯޓަރ ޕޯލޯ ޗެމްޕިއަންޝިޕްސްގައި އާމިނަތު ރޫޔާ ޙުސައިންއެވެ. ރޫޔާގެ ޓައިމިންގ އަކީ 00:29.62 އެވެ.

މިއީ މުބާރާތުގައި ދިވެހި ފެތުންތެރިން އާކުރި 6 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ފަންސާސް މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢުލްޔާ އާކޮށްފި