ހަތަރެއްގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފި

mixed relay team

ލޯންގކޯސް 4 ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ދިވެހި ފެތުންތެރިން އާކޮށްފިއެވެ. މިހާރު ޤަޠަރުގެ ދޯހާގައި ކުރިއަށް ދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މި ރެކޯރޑް ދިވެހި ފެތުންތެރިން އާކޮށްފައިވަނީ 04:14.17 އިން ރޭސް ނިންމައިގެންނެވެ. މިފަހަރުގެ ރެކޯރޑް އާކުރި ޓީމުގައި ހިމެނެނީ މުބާލް ޢައްޒާމް އިބްރާޙީމް، އައިޝަތު ޢުލްޔާ ޝާއިޤް، ހަމްނާ އަޙްމަދު އަދި މުޙައްމަދު ރިހާން ޝިހާމް އެވެ.

މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވުނު 22 ވަނަ ކޮމަންވެލްތު ގޭމްސްގަައި 04:14.91 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އެފަހަރު ގެ ޓީމުގައި ހިމެނުނީ މުބާލް އައްޒާމް އިބްރާޙީމް އާއި ހަމްނާ އަޙްމަދު ގެ އިތުރުން، އައިޝަތު ސައުސަން އަދި މުޙައްމަދު އާން ޙުސައިންނެވެ

.މިއީ ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި 7 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ހަތަރެއްގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފި