2024 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 64 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2024 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ ޕާރޓިސިޕަންޓް ސެލެކްޝަންއަށް 1 އަންހެން އަދި 1 ފިރިހެން ކުއްޖެއްގެ ނަން ހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.
މިސެޝަނުގައި ދިވެހިރާއްޖެ ތަމްޞީލުކުރާ ބައިވެރިން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.
ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.
ސެޝަނުގެ މަޢުލޫމާތު:
- ސެޝަނުގެ ނަން: 64 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެމްބެސެޑަރސް
- އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
ބޭއްވޭ ތަން: ގްރީސް (އޮލިމްޕިއާ، އެތަންސް، ޑެލްފީ)
ބޭއްވޭޭ ތާރީޚް: 2024 ވަނަ އަހަރުގެ ޖޫން މަހުގެ 8 ން 21 ށް - ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް
- ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ޝެންގަން ވިސާ ހެއްދުމަށް އިންޑިއާއަށް ނުވަތަ ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.
މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
- މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
- އެމީހެއްގެ ވަނަވަރު.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ޕާސްޕޯރޓް ސްކޭން (31 ޑިސެމްބަރ 2024 އަށް މުއްދަތު ހަމަނުވާ)
މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
- 20 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2024 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރު ނުފުރޭ ފަރާތްތައް)
- މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
- އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
- އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަން ނުވަތަ އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެންބެސެޑަރސްގެ ސެޝަނެއްގައި މީގެކުރިން ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
- ދިވެހިރައްޔިތެއް ކަމުގައިވުން.
މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ހޮވުމުގައި އަންނަނިވި މީހުންނަށް އިސްކަންދެވޭނެއެވެ.
- ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
- މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
- ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
- ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
- ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުން.
މި ސެސަޝަނުގެ ބައިވެރިންނަށް ބޭނުންވާ އިތުރު މަޢުލޫމާތު (މުޙިއްމު):
- އޮލިމްޕިކް ވެލިއުސް އާއި ބެހޭ މަޢުލޫމާތު: އޮލިމްޕިކް ވެލިއުސް ޓޫލްކިޓް
- އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ ގެ މިސެޝަނާއި ބެހޭ މަޢުލޫމާތު: ޔަންގ ޕާރޓިސިޕަންޓްސް ސެޝަން
our sponsors and partners