ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2024 ގެ ދަޢުވަތު

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދުގެ 32 ވަނަ މއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެމަތިން އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާ 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހު 10:00 ގައި މާލެ ސަރަޙައްދުގައި އޮންނާނެއެވެ. ވީމާ މިޖަލްސާއަށް އެސޯސިއޭޝަންގެ މެންބަރުންނަށް ދަޢުވަތު އަރުވަމެވެ.

ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެތެރެއިން މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެސޯސިއޭޝަނަށް ދައްކަންޖެހޭ އަހަރީފީ 14 މާރިޗު 2024 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ދައްކާ މެންބަރުންނަށެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާގެ އެޖެންޑާ

1- މެންބަރުން ހާޒިރުވުން.
2- ރޯލްކޯލް އަދި ހާޒިރީ މާރުކުރުން.
3- ކީރިތި ޤުރްއާން ކިޔެވުން.
4- 2023 ވަނައަހަރުގެ އަހަރީ ޖަލްސާގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް، ފައިނޭންޝަލް ރިޕޯޓް، ހުށަހަޅައި ފާސްކުރުން.
5- 2024 ވަނައަހަރުގެ ބަޖެޓު ފާސްކޮށް ކަލަންޑަރު ހުށަހެޅުން.

އަހަރީފީގެ މަޢުލޫމާތު
1- އެގްޒެކެޓިވް މެންބަރުން: 500.00
2- ހިންގާ ކޮމިޓީގެ މެންބަރުން: 300.00
3- ދާޢިމީ ކުލަބު މެންބަރުން: 500.00
4- ދާޢިމީ ވަކިވަކި މެންބަރުން: 100.00

ރަޖިސްޓްރޭޝަން ލިންކު: https://forms.gle/aU1NwNshAWsDip7a9

ނޯޓް: 29 ފެބުރުއަރީ 2024 ގެފަހުން އަހަރީ ފީބަލައިގަނެވޭނީ 100.00 ރުފިޔާގެ ޖޫރިމަނާއަކާއެކުގައެވެ. އަހަރީ ފައިސާ ދައްކާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 7704278341001 ނަންބަރު އެކައުންޓަށް އޮންލައިންކޮށެވެ. ފައިސާ ދެއްކުމަށްފަހު ސްލިޕް 7250707 ނަންބަރަށް ސްލިޕްކޮޅު ފޮނުވަން ވާނެއެވެ. ސްލިޕްކޮޅުގައި މެންބަރުގެ މަޢުލޫމާތު ހިމަނަން ވާނެއެވެ.

ވީމާ ސްވިމިންގ އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން ލިންކުގައިވާ ފޯމު ފުރިހަމަކޮށް 14 މާރިޗު 2024 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ސަބްމިޓްކުރެއްވުން އެދެމެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2024 ގެ ދަޢުވަތު