މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތުގެ ތާރީޚް 2017 މާރޗް 28 ން 1 އެޕްރީލް އަށް ވަނީ ބަދަލުކޮށްފައެވެ. ވީމާ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި މެންބަރު ކްލަބްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މިމުބާރާތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯރމް 16 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
މުބާރާތުގެ ނަން: ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތް 2
2nd Swimming Association President Cup
މުބާރާތް ބާއްވާ ތަން: މާލޭ ސްވިމިންގ ޓްރެކް
މުބާރާތް ބާއްވާ ތާރީޚް: 2017 މާރޗް 28 ން 1 އެޕްރީލް އަށް
މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 16 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
ފުރާފައިވާ ފޯރމްގެ ސްފްޓްކޮޕީ އީމެލް ކުރައްވާނީ info@swimming.org.mv އަށެވެ. ނުވަތަ، ސޮފްޓް ކޮޕީ އެސޯސިއޭޝަނަށް ގެނެސްދެއްވުން އެދެމެވެ. ފޯރމް ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރީން، ފޯރމްގެ ހާރޑްކޮޕީގެ އިތުރުން ސޮފްޓް ކޮޕީވެސް އެސޯސިއޭޝަނަށް ހުށަހަޅަން ވާނެއެވެ.
މުބާރާތުގެ ޤަވައިދު: ޑައުންލޯޑް ކުރެއްވުމަށް
މުބާރާތުގައިބައިވެރިވުމަށް އެދޭފޯރމް: ޑައުންލޯޑް ކުރެއްވުމަށް
our sponsors and partners