ޤައުމީ 6 ރެކޯރޑެއް އައުކޮށްފި

athletes aimg2017

މިހާރު ތުރުކަމިނިސްތާނުގައި ހިނގަމުންދާ 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސްގައި ދިވެހި ފެތުންތެރިން ޤައުމީ 6 ރެކޯރޑެއް އައުކޮށްފިއެވެ.

ފިރިހެންނުންގެ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފައިވަނީ 02:35.51 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2008 ވަނައަހަރު މެންޗެސްޓަރގައި ބޭއްވުނު 9 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 02:46.64 އިން ރޭސް ފުރިހަމަކޮށްގެން މުޙައްމަދު ރާއިދު ޢަލީ އެވެ.

ފިރިހެންނުންގެ 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފައިވަނީ 01:10.13 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2014 ވަނައަހަރު ދޯހާގައި ބޭއްވުނު 12 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 01:10.77 އިން ރޭސް ފުރިހަމަކޮށްގެން މުޙައްމަދު މުޢުތަސިމް އަދުނާނެވެ.

އަންހެނުންގެ 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އައުކޮށްފައިވަނީ 01:27.53 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2005 ވަނައަހަރު ތައިލަންޑް ބޭއްވުނު 1 ވަނަ އޭޝިއަން އިންޑޯރ ގޭމްސްގައި 01:36.47 އިން ރޭސް ފުރިހަމަކޮށްގެން މަރިޔަމް ނަފްޙާ ޢަލީ އެވެ.

އަންހެނުންގެ 50 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އައުކޮށްފައިވަނީ 00:40.25 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2005 ވަނައަހަރު ތައިލަންޑް ބޭއްވުނު 1 ވަނަ އޭޝިއަން އިންޑޯރ ގޭމްސްގައި 00:42.21 އިން ރޭސް ފުރިހަމަކޮށްގެން މަރިޔަމް ނަފްޙާ ޢަލީ އެވެ.

އަންހެނުންގެ 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފައިވަނީ 00:34.02 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް ސައުސަން އެވެ. އެއީ 2016 ވަނައަހަރު ކެނެޑާގައި ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:34.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ 50 މީޓަރ ބެކް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އަލީ އިމްމާން އައުކޮށްފައިވަނީ 00:31.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2010 ވަނައަހަރު ޑުބާއީގައި ބޭއްވުނު 10 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:34.04 އިން ރޭސް ފުރިހަމަކޮށްގެން ޙަސަން އިނާޔަތެވެ.

ގިނަ ޤައުމީ ރެކޯރޑްތަކެއް ތަފާތުބޮޑު ނަތީޖާއަކުން އައުކޮށް، ދިވެހި ފެތުންތެރިންވަނީ ވަރަށްބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. މިމުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލްކުރަނީ މުބާލް އަޢްޒާމް އިބްރާޙީމް، ޢަލީ އިންމާން، ޙަސަން އަޝްރަފް، އައިޝަތު ސައުސަން، އައިޝަތު ސާޖިނާ އަދި އައިމިނަތު ޝަޖަން އެވެ. މީގެ އިތުރުން ސްވިމިންގ ޓީމާއި ޙަވާލުވެގެން ގޮސްފައިވަނީ ޤައުމީ ހެޑްކޯޗު އިބްރާޙީމް މޫސާ އައި މެނޭޖަރެއްގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ޙަސަން ސިރާރު އެވެ.

our sponsors and partners

ޤައުމީ 6 ރެކޯރޑެއް އައުކޮށްފި