News & Announcements

އަންހެނުންގެ 4 ގުނަ 100މީޓަރު މިޑްލޭ ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފި

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރު ކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 4 ގުނަ 100 މީޓަރު މިޑްލޭ ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް ސްވިމިންގ ޓީމުން އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 05:29.85 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އަންހެނުންގެ 4 ގުނަ 100 މީޓަރު މިޑްލޭ ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނޭ ފެތުންތެރިން:

  • އައިމިނަތު ޝަޖަން
  • އާއިޝަތު ސާޖިނާ
  • އައިޝަތު ސައުސަން
  • އަންމާޢު އަޙްމަދު ސަލީމް
  • އާއިޝަތު ހުލްވާ ޚުލައިލް (ރިޒާވް)

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2004 ވަނަ އަހަރު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވި 9 ވަނަ ސާފް (ސައުތު އޭޝިއަން) ގޭމްސްގައެވެ. އެފަހަރު ދިވެހި އަންހެން ސްވިމިންގ ޓީމް، 4 ގުނަ 100 މީޓަރު މިޑްލޭ ރިލޭ އިވެންޓް ނިންމާފައިވަނީ 05:51.87 އިންނެވެ.

މިއަދުގެ ސެޝަނާއިއެކު 12 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ސްވިމިންގ އިވެންޓްތައް ނިމުނީއެވެ. މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން 13 ޤައުމީ ރެކޯރޑެއް އާކޮށް، 1 ބްރޯންޒް މެޑަލް ވަނީ ހޯދާފައެވެ.

Show All Results of 12th South Asian Games 2016

official photographer of 12th South Asian Games Team Maldives

our sponsors and partners

އަންހެނުންގެ 4 ގުނަ 100މީޓަރު މިޑްލޭ ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފި