އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމްކޮށްގެން ބާއްވާ 56 ވަނަ އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގް ޕާޓިސިޕަންޓްސް (ގްރީސް) ގައި ބައިވެރިވުމަށް 1 އަންހެން އަދި 1 ފިރިހެން ބޭފުޅެއްގެ ނަން އޮލިމްޕިކް ކޮމިޓީއަށް ފޮނުވުމުގެ ފުރުޞަތު މިއެސޯސިއޭޝަނަށް ވަނީލިބިފައެވެ. ވީމާ، މިސެޝަނުގައި ބައިވެރިވުމަށް ބޭނުންވާ، މިހާރުވެސް އެކި ގޮތްގޮތުން މިއެސޯސިއޭޝަނަށް ޚިދުމަތް ކުރައްވަމުން ގެންދަވާ 20 އަހަރާއި 35 އަހަރާއި ދެމެދުގެ ބޭފުޅުން މިކަމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ.
• ޕްރޮގްރާމްގެ ނަން: 56 ވަނަ އިންޓަރނޭޝަނަލް ޝެޝަން ފޮރ ޔަންގް ޕާރޓިސިޕަންޓްސް
• ޤައުމު: ގްރީސް
• ތާރީޚް: 11 ން 25 ޖޫން 2016
• އުމުރުފުރާ: 20 އަހަރާއި 35 އަހަރާއި ދެމެދު
• ސިޓީ ހުށަހަޅުއްވަންޖެހޭ ތާރީޚާއި ގަޑި: 11 ފެބްރުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން.
• ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:
– މިސެޝަނުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ
– ނެޝަނަލް އައިޑީ ކާރޑްގެ ކޮޕީ
– ވަނަވަރު
– ތަޢުލީމީ ސެޓްފިކެޓްތައް
– ފެތުމުގެ ދާއިރާއިން ކޮށްދެއްވާފައިވާ އަދި މިހާރު ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ ތަފްޞީލް
• އެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އިސްކަންދެވޭނެ ކަންކަން:
– ރަނގަޅަށް އިނގިރޭސިން ލިޔަން، ކިޔަން އަދި ވާހަކަ ދައްކަން އިނގޭފަރާތްތައް.
– މިހާރުވެސް ސްވިމިންގއަށް ޚިދުމަތް ކޮށްދޭ ފަރާތްތައް.
– އެސޯސިއޭޝަނަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާ ރިޓަޔަރޑް އެތުލީޓުން.