–
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހއ. ދިއްދޫ ކައުންސިލާއި ކުލަބް ޖަމްޢިއްޔާތައް ގުޅިގެން ބާއްވާ ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް 75 ފެތުންތެރިންނާއެކު މިމަހުގެ 3 ވަނަ ދުވަހު ހއ. ދިއްދޫގައި ފަށަން ވަނީ ހަމަޖެހިފައެވެ.
ޤައުމީ 12 ވަނަ ދިގުފެތުމުގެ މުބާރާތް ހއ. ދިއްދޫގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދިއްދޫ ކައުންސިލާއި ޖަމްޢިއްޔާތައް އަދި އެސޯސިއޭޝަން ގުޅިގެން ދަނީ ދިއްދޫގައި ކުރަމުންނެވެ.
މި މުބާރާތުގައި 5 ކިލޯޓަރުގެ ރޭހުގައި 15 ފިރިހެން ފެތުންތެރިން ވާދަ ކުރާނެއެވެ. 5 ކިލޯމީޓަރުގެ ރޭހުގައި އަންހެން 8 ފެތުންތެރިން ވާދަ ކުރާނެއެވެ. މީގެ އިތުރުން 1 ކިލޯ މީޓަރުގެ ރޭހުގައި ފިރިހެން 38 ފެތުންތެރިން ވާދަކުރާއިރު 1 ކިލޯ މީޓަރުގެ ރޭހުގައި އަންހެން 6 ފެތުންތެރިން ވާދަ ކުރާނެއެވެ. އަދި 35 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި 1 ކިލޯ މީޓަރުގެ ރޭހުގައި ފިރިހެން 3 ފެތުންތެރިންނާއި އަންހެން 5 ފެތުންތެރިން ވާދަ ކުރާނެއެވެ.
މި މުބާރާތުގައި ދިއްދޫ އާއި އެހެނިހެން ރަށްރަށުން 45 ފެތުންތެރިން ބައިވެރިވެފައިވާއިރު މާލޭގައި ތަމްރީނު ހަދަމުންދާ 30 ފެތުންތެރިން ވާދަ ކުރާނެއެވެ.
މުބާރާތުގެ ރޭސްތައް ފެށުމަށް ހަމަޖެހިފައިވަނީ 3 ޖޫން 2016 ވާހުކުރު ދުވަހު ހެނދުނު 07:00 ގައެވެ.

HA.Dhidhdhoo Swimming Area

HA.Dhidhdhoo Swimming Area
our sponsors and partners