south asian games 2019 – training camp team
13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ވާދަކުރާ ދިވެހި ފެތުންތެރިންގެ ޓީމް އިތުރު ތަމްރީނުތަކަށް އިންޑިއާއަށް ފުރައިފިއެވެ. ޓީމްގައި ހިމެނެނީ 4 އަންހެން ފެތުންތެރިންނާއި 6 ފިރިހެން ފެތުންތެރިންނެވެ. މީގެތެރެއިން އިންޑިއާގައި ކޭމްޕް ކުރާނީ މުބާލް ޢައްޒާމް އިބްރާޙީމް އަދި އާއިޝަތު ސާޖިނާ ފިޔަވާ ދެން ތިބި ފެތުންތެރިންނެވެ. މި ދެފެތުންތެރިންނަކީ އޮސްޓްރޭލިއާ އަދި މެލޭޝިޔާގައި، އޮލިމްޕިކް ސްކޮލަރޝިޕްސްގެ ދަށުން ފަރިތަކުރުންތައް ފުރިހަމަކުރަމުން ދާ 2 ފެތުންތެރިންނެވެ.
13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ވާދަކުރާ ދިވެހި ފެތުންތެރިންގެ ޓީމު:
އަންހެން ޓީމް:
- އާއިޝަތު ސައުސަން
- އާއިޝަތު ސާޖިނާ
- އާއިޝަތު އުލްޔާ ޝާއިޤް
- ހަމްނާ އަޙްމަދު
ފިރިހެން ޓީމް:
- މުބާލް އައްޒާމް އިބްރާޙީމް
- ޢަލީ އިއްމާން
- ޙަސަން އަޝްރަފް
- ޙުސައިން ހާއިޝް ޙަސަން
- ޙުސައިން މުބާޙް
- މުޙައްމަދު އާން ޙުސައިން
މީގެ އިތުރުން، މެނޭޖަރެއްގެ ގޮތުގައި، ކުރިން ޤައުމީ ރެކޯރޑްތައް ހޯލްޑް ކޮށްފައިވާ އޮލިމްޕިކް ފެތުންތެރިޔާ، ފާތިމަތު ފާރިހާ ބައިވެރިވާއިރު، ކޯޗުންގެ ގޮތުގައި ޤައުމީ ހެޑް ކޯޗު، އިބްރާޙީމް މޫސާ އާއި، ޤައުމީ އެސިސްޓަންޓް ކޯޗު އާދަމް މުޙައްމަދު ބައިވެރި ވާނެއެވެ.
our sponsors and partners